ސައިންސުގެ އަލީގައި ފަލަކޮށް ތިބޭ ފިރިހެނުންނަށް ގިނަ އަންހެނުން ހިތް ކިޔާ ސަބަބުތައް
އަހުމަދު ޔައީޝް - 02 ޖެނުއަރީ 2023 - 10:09
އަންހެނުންނަށް ކަމުދަނީ 'ޗަބީ' ފިރިހެނުން ---
ޗަބީ، ހަސްކީ، އަދި ފަލަ ފިރިހެނުންނަށް މިއީ ކިތަންމެހާވެސް އުފާވެރި ޚަބަރެކެވެ. ކުރިއަރަމުން އަންނަ ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުން ޝައުގުވެރިވަނީ ބަރުދަން އިތުރުވަމުންދާ ފިރިހެނުންނެވެ. އެއީ ފަލަ ފިރިހެނުންނަކީ މަޖާ ނުވަތަ ލޯބި ބައެއް ކަމަށް ހީވާތީއެއް ނޫނެވެ. ހަގީގަތުގައި އަންހެނުން ފަލަ ފިރިހެނުންނަށް ލޯބިކުރަނީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގިނަ ސަބަބުތަކަކާ ހުރެއެވެ. އަދި މާބޮޑަށް ބަރުދަން އިތުރުވުމުން ހިތުގެ ބަލިތަކާއި އިރެކްޓައިލް ޑިސްފެންޝަން ފަދަ ސިއްހީ ގިނަ ނުރައްކާތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ މީހުންނަށް ލޯބި ހޯދުމަށް ތަކުލީފު އުފުލާކަށް ނުޖެހެއެވެ. ސައިންސް ބުނާ ގޮތުގައި ފަލަ ފިރިހެނުންނަށް އުނދަގޫވާހެން ހީނުވާ އެއް ދާއިރާއެއް އޮތް ނަމަ އެއީ ގުޅުންތަކުގެ ދާއިރާއެވެ. އެހެންކަމުން 'އަސްލު' ސުވާލަކީ، އަންހެން ކުދިންނަށް ފަލަ ފިރިހެނުން ކަމުދަނީ ކީއްވެގެން ހެއްޔެވެއެވެ؟
އެގޮތުން، މި ލިޔުމުގައި މި ބުނެދެނީ އަންހެނުން ބޮޑެތިކޮށް ތިބޭ ފިރިހެނުންނަށް ޝަހުވަތްތެރިވާ ފަސް ސައިންޓިފިކް ސަބަބެވެ.
- ގިނަ އަންހެނުންގެ ނަޒަރުގައި ފަލަ ފިރިހެނުންނަކީ ވަރަށް މަޖާ ބައެއް
ދިރާސާތަކުން ފެނިފައިވާ ގިނަ ހެކިތަކުން ދައްކާ ގޮތުގައި، އަންހެނުން އެންމެ ބޮޑަށް ޝައުގުވެރިވަނީ އެމީހުން ހެއްވާލެވޭ ނުވަތަ ހިނިތުންކޮށްދޭ ފިރިހެނުންނަށެވެ. ދުނިޔެއަކީ އުދަނގޫތަނަކަށްވަމުންދާއިރު، މާޔޫސްކަމުގައި ގިނަ ބަޔަކު ތިބިއިރު މިއީ ހަމަ ވެދާނެ ކަމެކެވެ. ހުރިހާ ފަލަ ފިރިހެނުންނަކީ ކޮންމެހެން މަޖާ ބައެއް ނޫން ނަމަވެސް، މުޖުތަމައުގައި އުޅޭ ގިނަ ފަލަ ފިރިހެނުންނަކީ އުޅުމާއި މިޒާޖުގައި ވަރަށް މަޖާބައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައިވެސް، ގިނަ އަންހެނުންގެ ގަބޫލުކުރުމަކީ ފަލަ ފިރިހެނުންނަކީ މަޖާ ބައެއް ކަމަށެވެ.
- ފަލަ ފިރިހެނުންނަކީ އެކަހެރި ގުޅުންތަކުގައި އަންހެނުން 'އުފާކޮށްދޭ' ބައެއް
ފަލަ އަދި ޗަބީ ފިރިހެނުން އެއްދާންކުރުމުގައި ރަނގަޅު ކަމަށް އިނގިރޭސިވިލާތުގެ 2،544 އަންހެނުންގެ މެދުގައި ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތަ މީހުން ބުނެފައިވާ ގޮތުގައި، ބަރުދަން އިތުރު ނުވަތަ ޕްލަސް ސައިޒް ފިރިހެނުންނަކީ މޮޅު ލޯބިވެރިންނެވެ. ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ، އެމީހުންނަށްވެސް އޭގެ އަސްލު ސަބަބު ބުނެދޭން ނޭނގޭ ކަމަށެވެ. "އިޓްސް ނޮޓް ޓޯޓަލީ ކްލިއަރ ވައި އެކްސްޓްރާ ކުޝަން އިމްޕްރޫވްސް ދަ ޕުސިން" ދިރާސާ ރިޕޯޓުގައި ބުނެފާވެއެވެ. އެކަމަކު ދިރާސާތަކުން ދައްކާ ގޮތުގައި ސްޓޭމިނާ އާއި އެކަމާ ގުޅުން ހުރެދާނެ އެވެ.
ފަލަ ފިރިހެނުން އެނދުގެ ގުޅުންތަކުގައި ހިކި އަދި ލޫޅާފަތި ފިރިހެނުންނަށް ވުރެ 7.3 މިނެޓް އިތުރަށް ވަގުތު ހޭދަކުރެއެވެ. މިއީ އިންޓަނޭޝަނަލް ޖާނަލް އޮފް އިމްޕޮޓެންސް ރިސާޗުން 2010 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާފައިވާ އަސްލެކެވެ. ފަހަރުގައި އެއީ ލޫޅާފަތި ފިރިހެނުން ޖިމުގައި ހޭދަކުރާ ހަތްވަރަކަށް މިނެޓަށްވެސް ވެދާނެއެވެ.
- އަންހެނުން ފަލަ ފިރިހެނުންނަށް ކުރާ އިތުބާރު ބޮޑު
ޔުނިވާސިޓީ އޮފް މިސޫރީގެ ދިރާސާތަކުން ދައްކާ ގޮތުގައި "ހިކި ކައްކާއަކަށް ދުވަހަކުވެސް އިތުބާރު ނުކުރާށެވެ." މި ބުނުމަކީ މުޅިއަކުން ކާނާއާއި ގުޅުން ހުރި ބުނުމެއްނޫނެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ހަސްކީ އަދި ފަލަ ސިޔާސީ ބޭފުޅުންނާ އަޅާބަލާއިރު، ހިކި ސިޔާސީ ބޭފުޅުންނަކީ އިތުބާރު ކުޑަ ބައެކެވެ. މި ހޯދުންތަކުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ގިނައިން ކާބްސް ކާއިރު، މިއީ އަންހެނުން ފަލަ ފިރިހެނުންނަށް ޝައުގުވެރިވާ ސަބަބަކަށް ވެދާނެއެވެ. ޔަޤީންކަމާއި އިތުބާރަކީ އަންހެނަކު ފިރިހެނަކަށް ޝައުޤުވުމާއި ސީދާ ގުޅުން ހުރި ކަމަކަށް ފަހަރުގައި ނުވި ނަމަވެސް، މި ސިފަތަކަކީ އަންހެނަކު ފިރިހެނެއްގެ ފަރާތުން ބޭނުންވާނެ ކަންކަމެވެ.
- ފަލަ ފިރިހެންނަކީ ބަދަލުވަމުން އަންނަ ދުނިޔޭގައި އެންމެ ހިނގާ މީހުން
"ފަސޭހައިން ސަރުބީ ރައްކާކުރެވޭ މީހުންނަށް އިވޮލިއުޝަނަރީ އެޑްވާންޓޭޖެއް ލިބުނީ ކުރީގެ ޝިކާރަވެރިންނާއި އެއްކުރާ މީހުންގެ ހަރުކަށި މާހައުލުގައި" ބެއިލަރ ކޮލެޖް އޮފް މެޑިސިންގެ އެމް.ޑީ ގަރަބެޑް އެކްނޯޔަން 2006 ވަނަ އަހަރު ލިޔުއްވާފައިވެއެވެ. އަދި އޭނާ އިތުރަށް ލިޔުއްވާފައި ވަނީ، "ކާނާ ކެއުމުން އެންމެ މަދު މިންވަރަކަށް ސާޕްލަސް ފެޓް ރައްކާކުރުމުގެ މި ގާބިލްކަމުން ދިރުމާއި މަރުގެ ތަފާތު ބުނެދެއެވެ" އެވެ.
އިންސާނީ ތާރީޚުގެ ކުރީކޮޅު، ފަލަވުމަކީ 'ސްޓޭޓަސް' ސިމްބަލްއެކެވެ. އޭގެ މާނައަކީ ދިރިހުރުމަށް ބޭނުންވާ ވަސީލަތްތައް އެމީހެއްގެ އަތުގައި ހުރެ، އެތަކެތި އަނބިމީހާއާ އެކު ހިއްސާ ކުރެވޭނެ ކަމެވެ. ފަލަ ފިރިހެނަކަށް ވުމުން އެއީ ރަނގަޅު މީހެއްކަމަށް އޭރު ނިއްމައެވެ.
މިޒަމާނުގެ އަންހެނުން ކާނާއަށް ވުރެ ފައިސާއަށް ޝައުގުވެރިކަން ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ. މިހާރު ގިނަ ފަހަރަށް ފަލަ ފިރިހެނުންނަކީ ފައިސާވެރިންނެވެ.