
—
60 އަހަރު ފަހުން ލިބުނު ޕޯސްޓް!

އަހުމަދު ޒަލީފު - 08 ފެބްރުއަރީ 2023 - 19:15
ޕޯސްޓު ކުރި ޕޯސްޓު ކާޑެއް ފަންސާސް އަހަރު ފަހުން އޮސްޓްރޭލިއާގެ މީހަކަށް ލިބިއްޖެއެވެ. މި ޕޯސްޓު ކާޑަކީ މީގެ ފަންސާސް އަހަރު ކުރީން ދެކުނު ޕެސިފިކްގެ ރަށެއް ކަމަށްވާ ތަހީޓީން އޮސްޓްރޭލިއާގެ އެޑެލައިޑަށް ޕޯސްޓުން ފޮނުވި ކާޑެކެވެ.
1966 ވަނަ އަހަރު ފޮނުވި މި ޕޯސްޓު ކާޑު އެޑްރެސް ކޮށްފައި ވަނީ ރޮބަރޓް ޖިއޯރޖިއޯ ނަމަކަށް ކިޔާ މީހަކަށެވެ. ފޮނުވީ ކްރިސް ނަމަކަށް ކިޔާ މީހެކެވެ. އެ ކާޑުގައި ލިޔެފައި ވެއެވެ. "އަހަރެން މި އުޅެނީ ވަރަށް އުފަލުގައެވެ. މޫސުން ތެތް ފިންޏެވެ. އިނގިރޭސި ވިސާލަތަށް ގޮސްފައި ނޯޓެއް ފޮނުވޭތޯ ބަލާނަމެވެ."
ޕޯސްޓު ކާޑުގައި ޖަހައިފައިވާ އިސްޓޭމުގެ އަގަކީ ތޭރަ ފަރަންސޭސި ފްރޭންކެވެ. ކާޑު އެޑްރެސް ކޮށްފައިވާ މީހާއަކީ އެ ދުވަސްވަރު އެ ކާޑު ލިބުނު ގޭގައި އުޅުނު މީހާއެވެ. މިހާރު އެ ގޭގައި އުޅޭ މީހުންނަށް ކާޑު ފެނުނީ ގޭގެ ދޮރުމަތީގައި ކަރަންޓު ބިލާ އެކު އޮއްވައެވެ.
"މާ ކުރީގެ ކާޑެއްކަން އެނގުނީ ތަންކޮޅެއް ފަހުންނެވެ." މިހާރު އެ ގޭގައި ދިރި އުޅޭ ޓިމް ޑަފީ ބުންޏެވެ. ޓިމް އޭނާގެ އަނބިމީހާާޔާއެކު އެ ގޭގައި ދިރިއުޅޭން ފަށާފައި ވަނީ މީގެ ދޮޅު އަހަރު ކުރީންނެވެ. އެ ގެޔަކީ 1963 ވަނަަ އަހަރު އިޓަލީ މީހަކު އެޅި ގެއެކެވެ.
ޓިމް އެ ކާޑު އޮސްޓްރޭލިއާ ޕޯސްޓާ ހަވާލު ކުރީމާ އެ ތަނުން މާފަށް އެދިފައި ބުނި ކަމަށް ވަނީ "ކޮންމެވެސް ނުބައެއްގެ ސަބަބުން ވީ ކަމެއް" ކަމުގައެވެ. އޮސްޓްރޭލިއާ ޕޯސްޓަކީ ފޯރުކޮށްދިނުން އަވަސް ފުރިހަމަ ޚިދުމަތެއް ކަމަށާއި، މި ކާޑަށް މެދުވެރިވީ ގޮތް އެހެން އެއްޗަކަށް މެދުވެރި ވެފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޕޯސްޓު އޮފީހުގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.
މަސްދަރު: ޢ.ނަޢީމް
ގުޅުން ހުރި ޙަބަރުތައް

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
27 މިނިޓު ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
32 މިނިޓު ކުރިން

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި, ގެއްލުންތަކެއްވެއްޖެ
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
ގަޑިއިރެއް ކުރިން


