
—
މިއީ އީބޭގައި ވިއްކާލަން ޖެހި ކުއްޖެއް!

އަހުމަދު ޒަލީފު - 08 ފެބްރުއަރީ 2023 - 19:11
ފޮޓޯއިން އެ ފެންނަން ތުއްތު ކުއްޖާއަކީ އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އެންމެ ގިނަބަޔެއްގެ މަގުބޫލުކަން ލިބިފައިވާ "އީބޭ" ގައި ޖަރުމަނު ވިލާތުގެ އާއިލާއަކުން ވިއްކާލަން ޖެހި ކުއްޖެކެވެ.
މި ކުއްޖާ ވިއްކާލުމަށް ބަޔަކު އީބޭ ގައި ޖެހީ އެކުއްޖާ އުފަންވިތާ އެންމެ 40 ދުވަސް ތެރޭގައެވެ. ޖަރުމަނު ފުލުހުން ކުރި ތަހުގީގު ތަކުން ކަށަވަރުވި ގޮތުގައި ތުއްތު ކުއްޖާ ވިއްކާލަން އީބޭ ގައި ޖެހީވެސް އެ ކުއްޖާގެ އާއިލާއިންނެވެ. އެ ކުއްޖާ ވިއްކާލާ އަގެއް ކަމަށް އާއިލާއިން އީބޭ ގައި ޖަހާފައި އޮތީ 5000 ޔޫރޯ އެވެ.
އީބޭ ގައި އެ ކުއްޖާ ވިއްކާލަން ޖެހުމާއެކު ޖަރުމަނު ވިލާތުގެ ފުލުހުން ވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. ފުލުހުން ވަނީ އެ ކުއްޖާގެ އާއިލާ ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކޮށްފައެވެ. އެއާއެކު ފުލުހުންނަށް ކަށަވަރުވީ އެ ކުއްޖާ ވިއްކާލަން އީބޭ ގައި ޖެހީ އެ އެޕާޓްމެންޓްގެ އިންޓަނެޓް ކަނެކްޝަން ބޭނުންކޮށްގެން ކަމެވެ.
ފުލުހުން ވަނީ މި މައްސަލައިގައި އާއިލާގެ ގިނަބަޔެއްގެ އަތެއް ވާކަމަށް ތުހުމަތު ކުރެވޭތީ އާއިލާގެ ގިނަބަޔަކާ ސުވާލުވެސް ކޮށްފައެވެ. ތުއްތު ކުއްޖާ ވިއްކާލަން އާއިލާއިން ކުރި މަސައްކަތް ހުއްޓުމަކަށް ގެނެވުނު ނަމަވެސް އެކުއްޖާ ވިއްކާލަން އެ އާއިލާއިން އުޅުނު ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
މަސްދަރު: ޖައުފަރު އަލީ
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން