
އައްޑޫ ސިޓީ ފޭދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ
އައްޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޒަލީފު - 05 ޖެނުއަރީ 2023 - 09:43
އައްޑޫ ސިޓީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި ސަރުކާރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސިޓީގެ އެކި ދިމަ ދިމާލުން ބިން ހިއްކުމެވެ. މި ބޮޑު މަޝްރޫއުގައި ހިމެނެނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރިސޯޓު ހަދަން މުޅިން އާ ރަށްތަކެއް ހެދުމެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
— Addu City Council (@AdduCityCouncil) January 4, 2023
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ވެން އޫޑް ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ ހިތަދޫ، މަރަދޫ އަދި މަރަދޫ/ފޭދޫ ކައިރިންނެވެ. މި މަޝްރޫއުގެ ދަށުން ރިސޯޓެއް ގޮތުގައި ތަރައްގީ ކުރަން ތިން ރަށެއް ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތުގައި ބޭން ކުރާނީ އެ ކުންފުނީގެ ޑްރެޖަރު "އެޗްއޭއެމް 318" އެވެ.
ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށް ވެލި ނަގާނީ ދެ ސަރަހައްދަކުން ކަމަށް ވެން އޫޑް އިން ބުންޏެވެ. އެކަމަކު، ވެލި ނަގާނީ ސީދާ ކޮން ސަރަހައްދަކުން ކަމެއް ބުނެފައެއް ނުވެއެވެ. މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވެން އޫޑް ކުންފުނިން ވަނީ ބުނެފައެވެ.
އައްޑޫ ބިންހިއްކުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީގައި ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!
9 ދުވަސް ކުރިން

އައްޑޫ ސިޓީގައި 'ސައިޓޯޓޮކްސިކް' ކުނި ރައްކާކުރާ މަރުކަޒެއް ގާއިމުކުރަނީ
25 ދުވަސް ކުރިން
ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅު އެއްލައިލައި ގެއްލުންތަކެއް ވެއްޖެ!
މަހެއް ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
މަހެއް ކުރިން


