logo

ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅު އެއްލައިލައި ގެއްލުންތަކެއް ވެއްޖެ!

profile

ރިޟްވާން މޫސާ - 01 އޯގަސްޓު 2026 - 08:22

މިހާރު ރާޢްޖެ އަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން ވައިގަދަވެ އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައި ބައެއް ކަހަލަ ގެއްލުން ތަކެއް ވެއްޖެ އެވެ.

https://wamco.com.mv/

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ ހާމަކުރައްވައިފިއެވެ.

މި ވިއްސާރައިގައި ގެއްލުން ވެގެން އެމްއެންޑީއެފް އަށް ރިޕޯރޓް ކޮށްފައި ވަނީ އެންމެ ފަރާތަކުން ކަމަށް އެމްއެންޑީއެފްގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ވިއްސަރަ އާއި އުދަ އެރުމުގެ ހާދިސާ ތަކުގައި ބައެއް ކަހަލަ ގެއްލުންތައް ވެފައިވާ ވާކަމަށް ވަނީ ރިޕޯރޓް ކުރެވިފަ އެވެ.

އެންމއެންޑީއެފް އިން ވިދާޅުވީ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ފުރާޅު އެއްލާލި ގޭގެ ފުރާޅު ހެދުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރާއި، އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެގެއިން މީހުން ބަދަލުކުރާ ވަރަށް ގެއަށް ގެއްލުން ލިބިފައިނުވާ ކަމަށާއި، ފުރާޅު މަރާމާތު ކުރެވެންދެން އެކޮޓަރީގައި ދިރިއުޅުނު މީހުން ވަގުތީގޮތުން އެ ގޭގެ އެހެން ބަޔަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އެންޑީއެމްއޭއިން ވިދާޅުވީ، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، ކައުންސިލު މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އިއްޔެ ދ.ރިނބިދޫއަށާއި ލ.އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އުދައެރުމާ ގުޅިގެން ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. ނަމަވެސް މިހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk