logo

ޑަބްލިއުޑީސީގެ މަސައްކަތްތަކުން ރަނގަޅު މުޖުތަމައަކަށް މަގުފަހިވޭ: ވަޒީރު އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 09 ޖުލައި 2024 - 19:36

މިނިސްޓަރ އާދަމް ޝަރީފް މާލޭސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން

މިނިސްޓަރ އާދަމް ޝަރީފް މާލޭސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު މުޖުތަމައެއް ބިނާވުމަށް މަގުފަހިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުގައި، އެ ބޭފުޅުންނާ މުޚާޠަބުކުރައްވާ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގަައި ޑަބްލިޔޫ.ޑީ.ސީން ކުރާ ކަންތައްތަކާއި، ކުރަމުންދާ ކަންތައް އޮޅުންފިލުވައި ދެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެ ކޮމިޓީން ކުރިމަގުގައި ކުރައްވަން ރާވައިފައިވާ ކަންތައްތައް ވެސް ޙިއްޞާ ކުރައްވައިފައި ވެއެވެ.

މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، ވުޒާރާގެ ޑަބްލިޔޫ.ޑީ.ސީ ޔުނިޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ފެއްޓެވި ދަތުރުފުޅުގައިވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ޒަމާނުންސުރެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަޅާނުލެވި އޮތްއޮތުން ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި އެބޭފުޅުންނަށް ދިމާވާ މާލީ ގޮންޖެހުންތައް ނައްތާލައި ބާރުވެރިކުރުމުގެ މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

https://int.etukuri.mv/
tel:+9607331319