logo

ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓްގެ އަދަދު ކުޑަކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

profile

އާމިނަތު ޝަފާ - 21 އޯގަސްޓު 2024 - 19:15

ކައުންސިލްތަކާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވުމުގެ މަސައްކަތް ދަނީ ކުރިއަށް

ކައުންސިލްތަކާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވުމުގެ މަސައްކަތް ދަނީ ކުރިއަށް

ކައުންސިލުތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ ޢަދަދު ކުޑަކަމުގެ ކަންބޮޑުވުން މާލެ އަތޮޅު ކައުންސިލުން ފާޅުކޮށްފިއެވެ.

މިކަމުގެ ކަންބޮޑުވުން ކައުންސިލުން ފާޅުކުރެއްވީ މާލެ އަތޮޅު ކައުންސިލާއި ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު، ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވީތީ އުފާކުރައްވާ ކަމުގައި މާލެ އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަނީސް ވިދާޅުވިއެވެ.

މާލެ އަތޮޅު ކައުންސިލުގެ ރައީސް ދެއްކެވި ވާހަކައިގައި މޫސުން ގޯސްވެގެން މި ދިޔަ ދުވަސްތަކުގައި މިނިސްޓްރީގެ ފަރާތުން ގުޅުއްވާ ވަރަށް ގާތުން ކަންކަން ބެއްލެވިކަން ފާހަގަކުރެއްވިއެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހައި ކަމެއްގައި ވެސް ސިޓީސް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް ކަންކަމަށް ޖަވާބުދާރީވާ ކަން ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފު ޢުމަރަށް ޝުކުރު ދެންނެވިއެވެ.

މި ބައްދަލުވުވުމުގައި މާލެ އަތޮޅު ރަށްރަށުގައި ހުރި ކަންބޮޑުވުންތައް އެ ކައުންސިލުން ހިއްސާކުރިއެވެ. އެ ގޮތުން ކައުންސިލުތަކަށް ދައުލަތުން ދެއްވާ ބްލޮކް ގްރާންޓްގެ ޢަދަދު ކުޑަ ކަމާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، މަގުތައް ރަނގަޅު ފެންވަރުގައި ނުހެދި އޮތުމުގެ ކަންބޮޑުވުން ފަދަ ކަންކަން ހިއްސާ ކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް އެމްއެންޔޫއިން ކުރަމުންދާ ދިރާސާގެ މަސައްކަތް ނިމެން ކައިރިވެފައި ވާއިރު، ކައުންސިލުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީގެ ފަރާތުން މިހާރު އަންނަނީ ވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތާ އެއް ގޮތަށް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލުތައް ބާރުވެރިކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އަންނަނީ ކެނޑިނޭޅި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

https://int.etukuri.mv/
tel:+9607331319