logo

ފަތުރުވެރިކަން ތަރައްގީކުރެވޭނެ ގާބިލު މީހުން ތިބީ އައްޑޫގައި: އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 18:02

ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް

ފަތުރުވެރިކަމުގައި ދާއިރާގައި އެންމެ ތަޖުރިބާހުރި އަދި އެންމެ ފުޅާދާއިރާއެއްގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ގާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭންޑެއް ތަރައްޤީކޮށް ޕްރީމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިންގަމުން ގެންދާ ރިސޯޓްތަކަށް ބެލިކަމުގައި ވީނަމަވެސް ރިސޯޓުތަކުގައި ދިވެހިން އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރައްވާ ފަރާތްތަކަކީ އައްޑޫސިޓީއަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި އެހެންކަމުން މަސައްކަތްތެރިކަމާއި އެކަމަށް ބޭނުންވާާ ހުނަރުވެރި ބޭފުޅުން އައްޑޫސިޓީގައި ތިއްބެވިކަމީ އައްޑޫގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިހާރު ހިނގަމުންދާ ރިސޯޓްތަކަށް ބެލިކަމުގައި ވީނަމަވެސް ރާއްޖޭގެ ދިވެހިން އެންމެގިނަ މަތީފަންތީގައިވެސް އަދި އެކި ފަންތިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ތިއްބަވާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅުން"

ވިޔަފާރި ސިނާއަތުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ބެލިކަމުގައި ވީނަމަވެސް އައްޑޫ ސިޓީއަކީ ރަނގަޅު ތަނެއްކަމަށް ސިފަކުރައްވަމުން އެކަމަށް މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ 14 ރިސޯޓެއްގެ އޯނަރުން އައްޑޫސިޓީއަށްް ނިސްބަތްވާކަމަށެވެ.

" އައްޑޫ ސިޓީއަކީ ވަރަށް ތަފާތު ސިޓީއެެއް ތަޢުލީމީ ޒުވާނުން ތަކެއް ހާއްސަކޮށް މިފަންނުގައި (ފަތުރުވެރިކަމުގެ) ފަންނުގައި ކުރިއަރައި ގޮއްސަ ތިބި ބޭފުޅުންތަކެއް ތިއްބެވި ސިޓީއެއް ހަމަ އެއާއި އެކީގައި އައްޑޫ ސިޓީއަކީ ހުރިހާގޮތަކުން ބެލިކަމުގައި ވީނަމަވެސް މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތް ސީޓީއެެއް"

ވަޒީރު ވިދާޅުވީ ސަރުކާރުގެ ތެރެއިން އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރުވަން ކޮށްދެވެން އޮތް މަސައްކަތަތަށް ކޮށްދެއްވާނެ ކަމަށެވެ.

މިފަދަ މަސައްކަތްތައް ކުރުމުގެ އަމާޒަކަަށް ވާންވާނީ އައްޑޫ ސިޓީގެ ސިނާއަަތު ކުރިއަރުވަން ކުރާ މަސައްކަތް ތަކުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނުވަނީ އައްޑޫ ސިޓީގެ އެންމެހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައެވެ.

https://int.etukuri.mv/
tel:+9607331319