logo

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކަށް ޗައިނާ

profile

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 18:30

ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ ގިނަވެފައި

ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ ގިނަވެފައި

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

ހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓްމަހުގެ 1 އިން 17 އާ ދެމެދު ރާއްޖެއަށް 109،415 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 14.9 އިންސައްތަ އިތުރު އަދަދެކެވެ.

މިމަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މި މަހުގެ 14 ވަނަ ދުވަހުކަމަށްވާއިރު އެދުވަހު 7،032 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޮގަސްޓް މަހު މިހާތަނަށް ދުވާލަކަށް އެވްރެޖްކޮށް 6،436 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.މި އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުގެ ގޮތުގައި ޗައިނާ މާކެޓު އޮތް އިރު އޮގަސްޓް 17 ގެ ނިޔަލަށް 184،632 ފަތުރުވެރިން އެގައުމުންވަނި ޒިޔާރަތްކޮށްފައެވެ.

މި ލިސްޓުގައި ދެން އޮތީ ރަޝިޔާއެވެ. އެގައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 139،308 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 112،656 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެން މި ލިސްޓުގައި ހިމެނެނީ އިޓަލީ، ޖަރުމަނުވިލާތް، އިންޑިޔާ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސުވިޒަލެންޑެވެ.

އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

https://int.etukuri.mv/
tel:+9607331319