logo

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުން 848،210 ފަތުރުވެރިން ރާއްޖެއަށް

profile

އާމިނަތު ޝަފާ - 24 އޯގަސްޓު 2024 - 13:33

ރާއްޖޭގެ ފަތުރުވެރިކަންދަޏީ ކުރިއަަރަމުން

ރާއްޖޭގެ ފަތުރުވެރިކަންދަޏީ ކުރިއަަރަމުން

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުން އަހަރުގެ މިހާތަނަށް 848،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހިސާބުތަކަށް ބަލާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު:

  • ޗައިނާ : 188،229 ފަތުރުވެރިން
  • ރަޝިއާ: 141،312 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 113،943 ފަތުރުވެރިން
  • އިޓަލީ : 97،876 ފަތުރުވެރިން
  • ޖަރުމަނު : 92،792 ފަތުރުވެރިން
  • އިންޑިއާ : 77،939 ފަތުރުވެރިން
  • އެމެރިކާ: 45،084 ފަތުރުވެރިން
  • ފްރާންސް : 38،531 ފަތުރުވެރިން
  • ސްޕެއިން : 27،071 ފަތުރުވެރިން

  • ސްވިޓްޒަލޭންޑް : 25،433 ފަތުރުވެރިން

ކޮވިޑާއި ގުޅިގެން ޗައިނާ މާކެޓުން އައި ފަތުރުވެރިންގެ އަދަދު ކުރިން މަދުވިނަމަވެސް މިހާރު ޗައިނާއިންވަނީ އަލުން ލިސްޓުގެ އެއްވަނަ އަތުލާފައެވެ.

އަދި ކުރިން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އިންޑިއާވަނީ ލިސްޓުގެ 6 ވަނަ އަށް ވެއްޓިފައެވެ.

އޮގަސްޓްމަހުގެ 1 އިން 17 އާ ދެމެދު ރާއްޖެއަށް 109،415 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިމަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މި މަހުގެ 14 ވަނަ ދުވަހުކަމަށްވާއިރު އެދުވަހު 7،032 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޮގަސްޓް މަހު މިހާތަނަށް ދުވާލަކަށް އެވްރެޖްކޮށް 6،436 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.


tel:+9607331319