logo

މަގު ބައްތިތައް ރަނގަޅުކުރުމުގެ މުއްދަތު އިތުރުކޮށްފި

profile

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 10:57

ފެނަކަ އޮފީހެއް

ފެނަކަ އޮފީހެއް

ރަށްރަށުގައި ހަރުކޮށްފައިވާ ބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިސްލާހު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުވަރީ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިންބުނީ މަގުބައްތިތައް އިސްލާހު ކުރުމަށް ދިން މުއްދަތު އިތުރުކުރީ ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެމަތިން ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ކަމަށެވެ.

މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވެސް މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރުމަކީ މުހިންމު ކަމެއްކަމަށާއި މިކަމާ ގުޅިގެން ފެނަކައާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި މިކަމުގައި ހުރި ގޮންޖެހުންތައް ޔޫޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީއާ ހިއްސާކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ 144 ރަށެއްގައި މަގުބައްތިތައް ހުރީ ރައްކާތެރިކަމުގެ މިންގަނޑާއި ހިލާފަށްކަމަށް ފެނަކައިންވަނީ ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319