
މިނިސްޓަރ ތާރިގް
ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފި

އާމިނަތު ޝަފާ - 14 އޯގަސްޓު 2024 - 17:51
ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އިތުރަށް ތަރައްގީކުރުމަށް އެންވާރަަމަންޓް މިނިސްޓްރީއިން ތުރުކީގެ އިސްތަންބޫލް މެޓްރޮފޮލިޓަން މުނިސިޕަލްޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމެވެ.
މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ފެނާއި ނަރުދަމާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ ތުރުކީގެ ފަންނީ ތަޖުރިބާ މިދާއިރާއަށް ލިބިގެންދިއުމަކީ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފުޅާވެގެންދާނެކަމެއްކަމަށެވެ.
ފެނާއި ނަރުދަމާގެ މަސައްކަތްތައް މިހާރުވެސް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު ނިމިދިޔަ ސަރުކާރުގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ މަޝްރޫއުތައް ނުނިމިވާކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން އައީ ބުނަމުންނެވެ. ކުރީ ސަރުކާރުގައި ހުއްޓިފައިވާ މަޝްރޫއުތައް މި ސަރުކާރުން ފަށައިގެން މިހާރު ކުރިއަށްގެންދާއިރު މީގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ތުރުކީއާއެކު އަންނަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. ރައީސް މުއިއްޒު ތުރުކީއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައިވާއިރު ސަލާމަތީ ކަންކަމާ ގުޅޭދާއިރާއާއި ވިޔަފާރިއާ އިޤްތިޞާދު، އަދި މަތީ ތަޢުލީމިގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ތުރުކީން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބަލާއިރު ރާއްޖޭގެ ސަރަހައްދުތައް ބެލެހެއްޓުމަށް ޑްރޯން ހަދިޔާކުރުމާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން