logo

ބަންކަރިންގެ ހިދުމަތުގެ ގޭޓް ހުޅުވައިފި

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 23:30

މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް ހާއްސަ އިމާރާތް އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް ހުޅުވައިފިއެވެ.

ހއ. އުލިގަމުގައި ތަރައްގީކޮށްފައިވާ މި ގޭޓް ހުޅުވައިދެއްވީ މިކަމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދައުލަތަށް ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔާޑް އުސްތާޛު އިދުރީސް އާދަމެވެ.

މާދަމާ ބަންކަރިންގެ ހިދުމަތް ފަށާއިރު މި ގޭޓުގައި އެސްޓީއޯ، ކަސްޓަމްސް އަދި އެމްޕީއެލްފަދަ މުއައްސަސާތައް ގާއިމްވެ ތިބޭނެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ (ބުރާސްފަތިދުވަހު) އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު އެ ފަށްޓަވައި ދެއްވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލްތަކެއް ގެނެސް ދޭނެ ޚިދުމަތެއް ކަމަށެވެ.

މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް ކަމަށާއި ބަންކަރިންގ ޚިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް އެސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެކަމަށް ވަޖީހު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހި ވެގެން ދާނެ ކަމަށާއި މި ޕްރޮޖެކްޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

tel:+9607331319