logo

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކޮށްފި

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 12:53

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ.

މިއަދު އެކުންފުނިން ފާހަގަކުރަމުންދާ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދނެގުމުގެ ހަރަކާތެއް ބާއްވާފައިވާއިރު މި ހަރަކާތް ބޭއްވީ ޕޯޓްސް ބިލްޑިން ކުރިމަތީގައެވެ.

މި ރަސްމިއްޔާތުގައި ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ކުންފުނީގެ މެނޭޖުމަންޓުންވަނީ ކުންފުނީގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

1986 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ ކޯޕަރައިޓްޒްކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނަމަށް ނަން ބަދަލުކުރީ 2008 ވަނަ އަހަރުއެވެ.

މިދިޔަ އަހަރު ކުންފުނި ރީ ބުރޭންޑުކޮށް އައު ލޯގޯވެސް ވަނީ އިފްތިތާހުކޮށްފައެވެ.

tel:+9607331319