
މިނިސްޓަރ އިމްރާން
ފުރަތަމަ އިސްލާހު ކުރަންޖެހޭނީ ނަފްސު، އެއަށްފަހު ޤައުމު - އިމްރާން

އަހުމަދު ޒަލީފު - 31 ޑިސެމްބަރު 2022 - 08:30
ޤައުމާއި ރައްޔިތުން އިސްލާހު ކުރެވޭނީ އެންމެ ފުރަތަމަ ތިބާގެ ނަފްސު އިސްލާހު ކޮށްގެން ކަމަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުން އިސްލާހްކޮށް ހެޔޮ މަގަށް ބަދަލުކުރަން އެދިވަޑައިގަންނަވާ ބޭފުޅުން ފައްޓަވަނަށް ޖެހޭ ހިސާބަކީ އަމިއްލަ ނަފްސުން ކަމަށެވެ.
" އަމިއްމަ ނަފްސު އިސްލާހުނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅުގޮތް ހޯދޭނޭނީ ކިހިނެއް؟" އިމްރާންގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.
އިމްރާން މި ފަދައިން ޓްވީޓު ކުރެއްވި ސަބަބު ސާފުކޮށް އެނގިފައިނުވާއިރު، މި ދަނޑިވަޅަކީ، އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ކެމްޕެއިން ފަށައިގެން ކުރިއަށްދާ ދުވަސް ވަރެވެ.
މި އިންތިހާބުގައި ރައީސް ސޯލިހާއި ވާދަ ކުރައްވަނީ ރައީސް ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސް ސޯލިހް ވިދާޅުވީ، އެއް ޕާޓީ ނުވަތަ އެއް ކެނޑިޑޭޓަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ރިޔާސީ އިންތިހާބުގައި ފަންސާސް އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދޭނެ ކެނޑިޑޭޓެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނަކީ ތަފާތު ފިކުރާއެކީ ކޯލިޝަން ހަދައިގެން މަސައްކަތްކުރެއްވޭނެ ބޭފުޅެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީ އަނބުރާ އެ ޕާޓީގެ މެމްބަރުންނަށް ހޯއްދަވައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑު ނިކުމެ މިހުރީ ލަކުނު މަދުވެގެނެެއް ނޫން. ލިބުނު ގެއްލުން ކުޑަވެގެނެއްނޫން. އަޅުގަނޑު ނިކުމެ މިހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަލުން އަނބުރާ ތިޔަބޭފުޅުންނާއި ހަވާލު ކުރުމަށް. މި ޕާޓީގެ މެމްބަރުންނާއި ހަވާލުކުރުމަށް. މީ ތިބޭފުޅުންގެ ޕާޓީ. މި ޕާޓީ އަލުން އަނބުރާ ތިބޭފުޅުންނަށް އިރާދަ ކުރެއްވިއްޔާ ރައްދުކޮށްދޭނަން." ނަޝީދު ވިދާޅުވެފައިވެއެވެ.
އިތުރަށް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ މަޤާމުގައި ތިބުން ކަމަށާއި، އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން