logo

55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

profile

އައިޝަތު އިނާޝާ - 17 މާރިޗު 2025 - 17:59

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، މެލޭސިޔާގެ "ހެކްސްޓަރ ގްލޯބަލް" އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް، މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓްޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

"ސިވިލް ވާރކް މަސައްކަތްތައް ކުރުމަށްޓަކައި ސްކޯޕް ކަނޑައަޅައި، އެ ކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިޔޫ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރގެ ފަރާތުން މިހާރު އަންނަނީ ކުރަމުން": ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު

ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވީ، މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވި، 13 އިދާރާއެއްގެ ބިންގާ މިހާތަނަށް އެޅިފައިވާ، މި ޕްރޮޖެކްޓްގެ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މެދުވެރިކޮށް އިޢުލާންކުރުމަށް ފަހުގައެވެ. އަދި ސިވިލް ވާރކް މަސައްކަތް ޙަވާލުކުރުމުގައި އެ ރަށެއްގެ ގްރޫޕްތަކަށް އިސްކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

3 އަހަރު ދުވަހުތެރޭ ނިންމާ ގޮތަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭއިރު، އެ އިދާރާއަށް ބޭނުންވާ ފަރުނީޗަރާއި، އެހެނިހެން ސާމާނު މި ޕްރޮޖެކްޓްގެތެރޭން ހަމަޖެހިގެން ދާނެ ކަމަށާއި އަދި މި އަހަރުތެރޭ 10 ކައުންސިލް އިދާރާއެއްގެ މަސައްކަތް، ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލަށް ޢިމާރާތްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން އިސްކަން ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއްސަރުކާރުން އަންނަނީ އަޅުއްވަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay