logo

ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރާލައިފި

profile

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 13:03

ސްރީލަންކާގެ ކުރުވިތާ ޖަލުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކެއްގައި ދެ ގައިދީއަކު މަރުވެއްޖެއެވެ.

https://wamco.com.mv/

މި ހަމަނުޖެހުންތައް ފުރަތަމަ ފެށިފައިވަނީ ރޭގެ ވަގުތެއްގައެވެ. ޖަލުގެ އޮފިޝަލުން އެ ވަގުތު ހާލަތު ކޮންޓްރޯލް ކުރި ނަމަވެސް، މިއަދު ހެނދުނު އަލުން ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ. މި ހާދިސާގައި ދެ މީހަކު ފުރާނަ ގޮސްފައިވާއިރު، އަނިޔާވި އެހެން މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ގައިދީން ވަނީ ޖަލުގެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވާ އިރު، މިހާރު އެ ސަރަހައްދު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.

ޖަސްޓިސް މިނިސްޓަރު ހަރްޝަނާ ނަނަޔަކަރަ ވިދާޅުވި ގޮތުގައި، ޖަލުގެ ނުތަނަވަސްކަން ކޮންޓްރޯލް ކުރުމަށްޓަކައި ބާރުގެ ބޭނުންކުރަން ޖެހުނެވެ.

ޖަލުގެ ނުތަނަވަސްކަން ކޮންޓްރޯލް ކުރަން ހަތިޔާރުގެ ބޭނުންކޮށްގެން ބަޑިޖަހަން ޖެހުނު ކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ހެނދުނު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނާއި، ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އަދި އަސްކަރިއްޔާގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ކުރުވިތާ ޖަލުގައި މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ، އިއްޔެ ބޮރެއްލާގައި ހުންނަ މެގަޒިން ޖަލުގައިވެސް މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ.

https://wamco.com.mv/
tel:+9607331319