logo

ރާއްޖެ އޮންނާނީ އަބަދުވެސް ފަލަސްތީނާއި އެކު: ފޮރިންގ މިނިސްޓަރ

profile

ރިޟްވާން މޫސާ - 29 އޯގަސްޓު 2026 - 08:28

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ މުސްލިމު ދައުލަތް ފަލަސްތީނާއި އެކުގައި ކަމަށާއި، އެގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް ފޮރިންގ މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ މިއީ ޣައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒު ކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދިއުމާއި ގުޅިގެން ސައުދި ޢަރަބިއްޔާ އިސްވެ ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ވަނީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި ޔަހޫދީންގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި، ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ވަޒީރުންގެ މި ބައްދަލުވުމުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި ހައްޤުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ވަޒީރު ވަނީ ދެއްވާފައެވެ.

ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމަށް އިސްލާމީ ޤައުމުތަކާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވެވަޑައިގެންނަވާ ކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ޖިއްދާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރައްވައި ރާއްޖެއާއި އެޤައުމުތަކުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319