logo

ތިލަފުށީ އައު ބަނދަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢު ބީލަމަށް!

profile

އާމިނަތު ޝަޒްލާ - 28 އޯގަސްޓު 2026 - 11:43

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ތަރައްގީކުރާ އައު ޕޯޓަށް ބޭނުންވާ ޒަމާނީ އިމާރާތްތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.

https://wamco.com.mv/

އެމްޕީއެލް އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ބޮޑު މަޝްރޫއުގެ ދަށުން ގިނަ އުމްރާނީ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕޯޓުގެ އޮޕަރޭޝަންތަކަށާއި އިދާރީ ހިންގުމަށް ހާއްސަ އިމާރާތްތަކުގެ އިތުރުން، މުދާ އުފުލުމާއި ގުދަންކުރުމަށް ބޭނުންވާ ޖާގަތައް ހެދުން ހިމެނެއެވެ. ހަމައެއާއެކު، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ކޮންޓެއިނާ އަދި މަލްޓި ޕާޕަސް ޓާމިނަލްތަކާއި، ފިނިކުރި މުދާ ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް އަދި ބޮންޑެޑް ވެއާހައުސްތައް ވެސް މި މަސައްކަތުގެ ދަށުން ބިނާކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތަށް ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ތިލަފުށީ ޕޯޓު މަޝްރޫއަކީ ސަރުކާރުން އިގުތިސާދީ ދާއިރާ ފުޅާކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު އިންވެސްޓްމަންޓެކެވެ. މި ބަނދަރު ހެދުމުގެ މައިގަނޑު ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އެވެ. މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ބޯޓުފަހަރަށް ހާއްސަކޮށްގެން 1،000 މީޓަރަށް ވުރެ ދިގު ކީ ވޯލްއަކާއި، މާލޭގެ ބަނދަރުތައް ބޭނުންކުރާ އެތެރޭގެ އުޅަނދުތަކަށް ހާއްސަ 2،000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރެވިގެންދާނެއެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓުގެ ވަކި ބައެއްގެ ގޮތުގައި ހިމެނޭ 100 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއަކާއި ތިން ހެކްޓަރުގެ ބިމެއްގައި ޕޭވްމަންޓު އެޅުމުގެ މަސައްކަތް ފާއިތުވި މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މައިގަނޑު މަގުސަދަކީ، މިހާރު މާލޭގެ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ތިލަފުށީގައި އެންމެ ޒަމާނީ ފެންވަރުގެ ފުރިހަމަ ޕޯޓެއް ހުޅުވި، އެ ތަނުން ރައްޔިތުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319