logo

ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް: ރައީސް

profile

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 17:42

ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަކީ އެކަތި އަނެކައްޗާ ވަކިނުކުރެވޭނެ ދެ އަސާސްކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތާއި، އަދި ރައްޔިތުންގެ މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ޑިމޮކްރަސީއެއްގެ ޙަޤީޤީ ދިރުން ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށްދީގެން ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ އެންމެހައި ފަރާތްތަކުން އެ ޚިދުމަތްކުރާ ޢާންމު ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ވެއްޓެއް ބައްޓަންކުރުމަށްޓަކައި، ރައްޔިތުންގެ ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް އެކި ދުވަސްވަރު މަސައްކަތްކުރެއްވި އެންމެހައި ފަރާތްތަކުގެ ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ޑިމޮކްރަސީގެ އުޞޫލުތައް ރައްކާތެރިކޮށް، އެ ނިޒާމު އިތުރަށް ވަރުގަދަކޮށް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޤައުމީ ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ފެށިގެން އަންނަނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަން ހިންގުމުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި ޤައުމީ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ވަކިން ޚާއްޞަކޮށް، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައާއި ޤައުމީ ޚިދުމަތުގައި ޒުވާނުންނާއި އަންހެނުން އިސްނަގައިގެން މަސައްކަތްކުރުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވީ، ޑިމޮކްރަސީގެ ޙަޤީޤީ ޢަމަލީ ސިފަ ފެނިގެންދާނީ ހަމައެކަނި ލިޔެވިފައިވާ އުޞޫލުތަކަކުން ނޫން ކަމަށާއި، އެކަން ސާބިތުވާނީ ޤައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރަކުން ކަމަށެވެ. އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންގެ އަޑު އަހައި، އެ ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެންމެހައި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވިފައިވާ، މުއައްސަސާތައް މިނިވަންކަމާއެކު ވަރުގަދައަށް ހިނގާ، އަދި ވެރިކަމުގެ ބާރުތައް ލިބިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވާ ފަދަ ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ބިނާކުރުމަށް އެންމެހައި ދިވެހި ރައްޔިތުން ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319