logo

ސިޔާސީ މަސްރަޙު އިޞްލާޙުކުރުމުގައި މިސާލު ދައްކާނަން: ރައީސް

profile

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 12:43

މިއަދު ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ހާލަތުން ފުރިހަމަ ހާލަތަކަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން މިސާލު ދައްކާނެކަން އެއީ އަޅުގަނޑު ޔަގީންކުރާ ކަމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ޕާޓީގެ ކޮންގްރެސް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޕާޓީގެ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، "ޤައުމު އެންމެ ފުރަތަމަ" މި ޝިޢާރު އަބަދުވެސް ދަމަހައްޓަންޖެހޭ ކަމަށާއި، ޤައުމުގެ ކުރިމަގަށްޓަކައި ޕާޓީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމުގައި ލާމަސީލު މިސާލެއް ދައްކަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ސިޔާސީ މައިދާނުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ މިޞްރާބަކަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްގައި، މި ޕާޓީން ނަމޫނާ ދައްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށާއި، ރައްޔިތުންނާއި މެންބަރުންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ކަންކަމުގައްޔާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕާޓީގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހެއެވެ. އަދި ޕާޓީގެ ހުރިހާ ގުނަވަންތަކާއި މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި، އެއް ރޫހެއްގައި މަސައްކަތްކުރުމުގެ ވަރުގަދަ އަޒުމުގައި މިއަދު އެންމެން އެކުގައި ކުރިއަށްދާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީގެ މައިގަނޑު ސިޔާސަތަކީ އަދި ޝިއާރަކީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ގުޅިފައިވަނީ މިކަންކަމާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމުގައި މުޅި ޕާޓީގެ މި ފަލްސަފާ ކިޔައިދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން ސިޔާސީ މައިދާނުގައި ޒިންމާދާރުކަން ކުޑަގޮތެއްގައި ޤައުމުގައި ހަމަނުޖެހުން އުފައްދަން ކުރާ މަސައްކަތްތަކަށް ޕާޓީގެ ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ޕީއެންސީގެ އޮތީ "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ ވަރަށް ސާފު އެޖެންޑާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319