
ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އާމިނަތު ޝަޒްލާ - 15 ސެޕްޓެމްބަރު 2026 - 12:37
ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސްއިން ދުނިޔޭގެ މަޝްހޫރު ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިހާރު ކުރިއަށްދާ އޭޓީއެމް ފެއާ 2026 ގެ ހަވާސާގައެވެ.
ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް- ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. އަދި ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް، އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
މި ދެ ރަސްމިއްޔާތުގައިވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާމަން ޢަބްދުﷲ ގިޔާސް ރިޔާޒް އަދި އެ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރ ސަބީހާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ މައިގަނޑު ބޭނުމަކީ ވިޒިޓް މޯލްޑިވްސްއިން އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމާއި، ޓްރެވަލް ޓްރޭޑްގެ އެކި ހަރަކާތްތައް ގުޅިގެން ހިންގުމެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله ޔާސިރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެއަރ ކަނެކްޓިވިޓީ އިތުރުކޮށް، އެއާލައިންތަކާ ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކާއެކު މިފަދަ ގުޅުމެއް ޤާއިމުކުރެވުމަކީ ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޔާސިރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެފަރާތް ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕޭންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ހިނގާ މަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ތެރޭގައި ވެބިނާތައް ބޭއްވުމާއި، ތަފާތު މާކެޓިން ހަރަކާތްތައް ހިންގުން ހިމެނެއެވެ. މިއީ ބޭރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތްއެޅުމަކީ ޤާނޫނުގައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން
9 ގަޑިއިރު ކުރިން

ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް: ރައީސް
9 ގަޑިއިރު ކުރިން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
14 ގަޑިއިރު ކުރިން

ސިޔާސީ މަސްރަޙު އިޞްލާޙުކުރުމުގައި މިސާލު ދައްކާނަން: ރައީސް
14 ގަޑިއިރު ކުރިން


