logo

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޑރ މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 26 އޯގަސްޓު 2026 - 12:04

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު، ޢިއްޒަތްތެރި މުޙައްމަދު ޝެހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުށެއްނެތް ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތްދަތި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.

މި ބޮޑު ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކާ އެކުގައިކަން ފާހަގަކުރައްވައި، އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރައްވާފައެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުގެ އަލީގައި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

https://wamco.com.mv/
tel:+9607331319