
ޑައިވިންގ އެމަޖެންސީތަކަށް ޕޯޓަބަލް ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:28
ޑައިވިންގ ކުރާއިރު ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭނުންކުރާނެ "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހައިޕަބެރިކްސް ޔޫރަޕް ކުންފުނީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކޮށްފިއެވެ.
މި ވަސީލަތް އެމްއެންޑީއެފާ ހަވާލުކުރުމަށްޓަކައި އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހި އަސްކަރިއްޔާގެ ފަރާތުން މި މުހިންމު ޔުނިޓާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި އަގުހުރި ހަދިޔާ ދިވެހި ސިފައިންނަށް ފޯރުކޮށްދިން ކަމަށްޓަކައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ހައިޕަބެރިކްސް ޔޫރަޕް ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަލަށް ލިބުނު މި ޕޯޓަބަލް ޗެމްބަރަކީ ކަނޑުއަޑީގެ ހާދިސާތަކުގެ އިތުރުން ތަފާތު ސިއްޙީ ކުއްލި ހާލަތްތަކުގައި ވެސް ބަލިމީހުން ރައްކާތެރިކަމާ އެކު އުފުލުމަށް މަގުފަހިކޮށްދޭނެ މުހިންމު އާލާތެކެވެ. މީގެ ސަބަބުން، ވަކިވަރަކަށް ޕްރެޝަރު ކޮންޓްރޯލް ކުރެވިފައިވާ މާޙައުލެއްގައި ބަލިމީހާ އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު، އަދި ފަތުރުވެރިކަމާއި އެހެނިހެން ބޭނުންތަކަށް ޑައިވިންގ ފަދަ ކަންކަން އާންމު ޤައުމެއްގައި މިފަދަ ޒަމާނީ ވަސީލަތެއް ޤާއިމުވެފައި ހުރުމަކީ، ސިފައިން ހިންގާ އިމަޖެންސީ އަދި ސަލާމަތީ އޮޕަރޭޝަންތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު ކުރިއެރުމެއްކަމުގައި އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން

މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި
9 ގަޑިއިރު ކުރިން


