logo

އިންޑޮނޭޝިއާގެ ފެރީއެއްގައި ރޯވެ، ގިނަ ބަޔަކު ކަނޑުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 02 އޯގަސްޓު 2026 - 12:04

އިންޑޮނޭޝިއާގެ ފެރީއެއްގައި ރޯވި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު ކަނޑުވެ، ބައެއް މީހުން މަރުވެއްޖެއެވެ.

https://wamco.com.mv/

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކޭ.އެމް މުޓިއާރާ ސެންޓޯސާ 2 ނަމަކަށް ކިޔާ ފެރީއެއްގައެވެ.

މި އުޅަނދުގައި އަލިފާން ރޯވީ ސުރަބަޔާގެ ޓަންޖުންގް ޕެރަކް ބަނދަރުން ފުރައިގެން ސުލަވެސީގެ މަކައްސާރަށް ދަތުރުކުރަމުން ދަނިކޮށެވެ.

މި ނުރައްކާތެރި ހާދިސާ ހިނގިއިރު ފެރީގައި 250 މީހުން ތިބި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް ލިބިފައިވާ ތަފުސީލުތަކަށް ބަލާއިރު، 5 މީހަކު މަރުވެ، 41 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އެ ޤައުމުގެ ސާޗް އެންޑް ރެސްކިއު އޮފިޝަލުން ހާމަކުރި ގޮތުގައި، އަލިފާން ރޯވެފައިވާ ފެރީ ފެނިފައިވަނީ މަސަލޭމްބޫ ކައިރިން، ސަޕުޑީ ރަށްތަކާ ގާތްގަނޑަކަށް 19 މޭލު ބޭރުންނެވެ.

އެ ވަގުތު މުޅި އުޅަނދުގައި އަލިފާން ހިފާފައިވާއިރު، އެ ސަރަހައްދުން ދަތުރުކުރި އެހެން ބޯޓުފަހަރުން ވެސް ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޯވި އަލިފާނާއެކު މުޅި ސަރަހައްދު އޮތީ ބޯ ދުންގަނޑަކުން ފޮރުވިފައެވެ.

ފުރާނަ ސަލާމަތްކުރުމަށްޓަކައި ލައިފްޖެކެޓު އަޅައިގެން ބައެއް މީހުން ކަނޑަށް ފުންމާލާފައިވާ މަންޒަރުތައް ވެސް ފެނިފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319