logo

ދުނިޔޭގެ ފުރަތަމަ އޭ.އައި މިނިސްޓަރ އަލްބޭނިއާގައި؛ މަސައްކަތަކީ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުން!

profile

ޒިދާން މުޙައްމަދު - 12 ސެޕްޓެމްބަރު 2025 - 10:27

ދުނިޔޭގެ ފުރަތަމަ އަރޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) މިނިސްޓަރުގެ ޝަރަފު އަލްބޭނިއާގެ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާ މިނިސްޓަރަށް ލިބިއްޖެއެވެ.

https://wamco.com.mv/

އަލްބޭނިއާއަކީ އާޓިފިޝަލް އިންޓެލިޖެންސްއަށް ފައްކާވެފައިވާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްޤީއާއި ތަހުޒީބުގައި ކުރިއަރަމުން އަންނަ ގައުމަކަށް ހެދުމަށް ވާޗުއަލް ގަވަރމަންޓް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާ އޭ.އައި މިނިސްޓަރެއް އައްޔަންކުރިކަން ހާމަކުރީ އަލްބޭނިއާގެ ބޮޑުވަޒީރެވެ.

އަލްބޭނިއާގެ ބޮޑުވަޒީރު އީޑީ ރާމާ ވިދާޅުވާ ގޮތުގައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ޑިއެލާ ނަމަކަށް ކިޔާ އޭ.އައިބޮޓަކަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އޭނާގެ ސޯޝަލިސްޓް ޕާޓީގެ ބައްދަލުވުމެއްގައި ރާމާ ވަނީ އެމަނިކުފާނުގެ އާ ކެބިނެޓް ތަޢާރަފްކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އޭނާގެ ސަރުކާރަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސަރުކާރެއް ކަމަށް ޔަޤީން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ޑިއެލާއަކީ ފިޒިކަލީ ހާޒިރު ނުވާ ފުރަތަމަ ކެބިނެޓް މެމްބަރު،" ރާމާ ވިދާޅުވިއެވެ. އަދި އަލްބޭނިއާ އަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ގައުމަކަށް ހެދުމަށް އޭނާ އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ފުރަތަމަ އޭ.އައި މިނިސްޓަރ ޑިއެލާގެ ނަމުގެ މާނައަކީ އިރެވެ. އިނގިރޭސިބަހުން "ސަން"އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އިންގިލާބާ އެކު، މަސައްކަތުގެ މާހައުލުތައް އެހެން ގޮތަކަށް ބަދަލުވެ، ގިނަ ބައެއްގެ ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ނަމަވެސް މި ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ކަންބޮޑުވުންތައް މީހުންނަށް ނެގެނީ ތަންކޮޅެއް ބޮޑުކޮށެވެ. މަސައްކަތުގެ ވައްޓަފާޅި ބަދަލު ކޮށްލުމުގެ ގާބިލުކަން އޭ.އައި އަށް ލިބިފައި ވިޔަސް، އިންސާނުން ކުރާ ހުރިހާ މަސައްކަތެއް އޭ.އައިގެ ބާރުގެ ދަށަށް ގެންގޮސް އިންސާނުން މުޅީން އެއްފަރާތް ކޮށްލުމުގެ ކުޅަދާނަކަން އެއަށް ލިބިގެނެއް ނުވެއެވެ. އެ ގޮތުން، ނިންމުންތައް ނިންމުމުގައި އަޚްލާގީ މިންގަނޑުތަކަށް ބެލުމާއި، އުފެއްދުންތެރި ކަމާއި އަދި ކަމެއް ކުރާ އިރު އަނެކާގެ އިހުސާސްތައް ދެނެގަތުން ފަދަ ސިފަތަކަކީ މެޝިންތަކަށް ނަކަލު ނުކުރެވޭނެ ޚާއްސަ އިންސާނީ ސިފަތަކެކެވެ.

https://wamco.com.mv/
https://www.aslu.com.mv