
އަސާސީ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ހަމަކުރަން ފާމަސީތަކަށް ހަ މަސް ދީފި

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 13:38
ރާއްޖޭގައި ހިންގާ ހުރިހާ ފާމަސީތަކުންވެސް، އެ ތަނެއް ގިންތިކުރެވިފައިވާ ގްރޭޑާ އެއްގޮތަށް ގައުމީ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމް.އެފް.ޑީ.އޭ އިން އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމް.އެފް.ޑީ.އޭ އިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަކީ އެ އިދާރާގެ ގާނޫނީ ޒިންމާއެކެވެ.
ފާމަސީތަކުގައި ހުރުން ލާޒިމުކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު ވަނީ މުރާޖާކޮށް އިސްލާހުކޮށްފައެވެ.
އަލަށް އެކުލަވައިލި އުސޫލުގެ ދަށުން، ބޭސްތައް ގިންތިކޮށްފައިވަނީ ދެ ގްރޭޑަކަށެވެ.
ކޮންމެ ފާމަސީއަކުންވެސް އެ ތަނެއް ކަނޑައެޅިފައިވާ ގްރޭޑުގެ ބޭސްތަކުގެ ތެރެއިން މަދުވެގެން %80 ބޭސް އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެއެވެ.
އެމް.އެފް.ޑީ.އޭ އިން އިތުރަށް ބުނެފައިވަނީ، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މިހާރު ހިންގާ ހުރިހާ ފާމަސީތަކަކުންވެސް މި މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއަކަށް ކަނޑައެޅިފައިވާ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެ އިދާރާއިން ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
2 ގަޑިއިރު ކުރިން

ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި
2 ގަޑިއިރު ކުރިން
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)