ހުރުމުޒުގައި ބޭރުގެ ބާރުތަކަށް އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދޭނަން: އީރާން

ރިޟްވާން މޫސާ - 08 ޖުލައި 2026 - 06:40
ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ސަރަހައްދެއް ކަމަށާ ގަލްފުގައި ނުހިމެނޭ ގައުމުތަކުގެ އަސްކަރީ ހަރަކާތްތައް އެސަރަހައްދުގައި ހިންގުމުގެ ފުރުސަތު ނޯންނާނެކަމަށް އީރާން ބުނެފިއެވެ.
ގިނަ ގައުމުތަކެއް ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ބުނެ އެތަނަށް އަސްކަރީ ބާރުތަކެއް ފޮނުވަން ތައްޔާރަށް އޮތްކަން ހާމަކޮށް ޔޫރަޕްގެ ދެބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބް އާބާދީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިއަކީ ގަލްފަށް ނިސްބަތް ނުވާ ބޭރުގެ ގައުމުތަކުން އަސްކަރީ ބާރު ދައްކައި ހަމަނުޖެހުން އުފައްދަން އޮތް ތަނެއްނޫންކަމަށާ އެއީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ތަނެއްކަމުގައެވެ.
އީރާނުގެ ޕާލަމެންޓުންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމާބެހޭ ގާނޫނެއް ފާސްކޮށް އެގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ އިދާރާއެއް އުފައްދައި އޮންލައިންކޮށް ފީ ނަގާނެ އެޕްލިކޭޝަން ތައްޔާރުކޮށް އީރާނުގެ ޕޭމަންޓް ނިޒާމާއި އެއެޕްލިކޭޝަން ގުޅުވުންފަދަ ގިނަ އިންތިޒާމުތަކެއް ފުރިހަމަކޮށްފައެވެ.
މިވަގުތު ފީ ނުނަގަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އީރާންއާއި އެމެރިކާ ސޮއިކުރި އެމްއޯޔޫގައި ހިމެނޭކަންކަމަށް އީރާން ސަރުކާރުން ރިއާޔަތް ކުރާތީއެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާ އަދި އިސްރާއީލުގެ އުދުވާން އާ ކުރިމަތިލުމުގައި ހުރުމުޒު ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ އާދަޔާ ޚިލާފު ދިފާއީ ބާރެއްކަމާއި އެކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ތަމްރީނާއި ހުނަރު އީރާނުގެ ލަޝްކަރުތަކުގައި ހުރިކަންވެސްވަނީ ހަނގުރާމައިގެ ތެރޭގައި ހާމަވެގެން ގޮސްފައެވެ.
އެއީ ހަގީގަތުގައި ނިއުކްލިޔާ ބޮމަކަށްވުރެވެސް އީރާނަށް މުހިއްމު ހަތިޔާރެއް ކަން ކުރެވިދިޔަ ހަނގުރާމައިން ހާމަވެފައިވާއިރު ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލުމަކީ ދެން އީރާން ކުރާނެކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

25 އަހަރުގެ ލޯބީގެ ކާވެނި ތަފާތު ފޯރިގަދަކޮށް ގއ. ވިލިގިލީގައި!
3 ގަޑިއިރު ކުރިން

ޚާމަނާއީގެ ހަށިކޮޅު ޢިރާގުގެ ނަޖަފަށް ގެންގޮސްފި
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
ތެދު މައުލޫމާތު ފެތުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި!
11 ގަޑިއިރު ކުރިން
"ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް" ބޮޑު ބައެއްގައި ތާރުއަޅައިފި!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)