.webp&w=3840&q=75)
ތެދު މައުލޫމާތު ފެތުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި!

ރިޟްވާން މޫސާ - 08 ޖުލައި 2026 - 06:40
ޙަބަރާއި މައުލޫމާތުގެ ތެރެއިންނާއި އަދި އެހެނިހެން ގޮތް ގޮތުން ވެސް ތެދު އަދި ސައްޙަ މައުލޫމާތު ފޯރު ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެލެއްވެވީ މިއަދު ފާހަގަކުރަމުން ދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވެވި ޕޯސްޓެއްގަ އެވެ.
މިއަދު ފާހަގަކުރަމުން ދަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ 34 ވަނަ ދުވަހުގެ މުނާސަބަތެވެ.
ރައީސްގެ މެސެޖުގައި ވަނީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށާއި، އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ ލިޔުންތެރިންނާއި ގުޅުވައިގެން ރީތިކޮށް މުޚާޠަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވުމަށެވެ.
އެމަނިކުފާނުގެ މެސެޖުގައި ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

25 އަހަރުގެ ލޯބީގެ ކާވެނި ތަފާތު ފޯރިގަދަކޮށް ގއ. ވިލިގިލީގައި!
3 ގަޑިއިރު ކުރިން
"ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް" ބޮޑު ބައެއްގައި ތާރުއަޅައިފި!
11 ގަޑިއިރު ކުރިން
ހުރުމުޒުގައި ބޭރުގެ ބާރުތަކަށް އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދޭނަން: އީރާން
11 ގަޑިއިރު ކުރިން

އުރީދޫ އިން "އޮޓޯ ޕޭ" ތައާރަފްކޮށްފި!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)