"ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް" ބޮޑު ބައެއްގައި ތާރުއަޅައިފި!

ރިޟްވާން މޫސާ - 08 ޖުލައި 2026 - 06:40
މާލޭ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ތިން ވަނަ ޕްރޮޖެކްޓްގައި ހެންވޭރު ފެރީޓާމިނަލް އިން ފެށިގެން ފޮރިންގ މިނިސްޓްރީ އާއި ހިސާބަށް ތާރު އަޅައި މުޅިން ނިންމާލައިފި އެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމެންޓު 4 އަދި 5ގައި ތާރު އަޅަން ފެށީ ރޭގައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ.
އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީޓާމިނަލްއިން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް މިއަދު ހެނދުނާ ހަމައަށް ވަނި ތާރުއަޅާ ނިންމާލާފައެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީ ކޮށްފައިވަނީ، މަގު އިތުރަށް ފުޅާކޮށްގެންނެވެ. މި މަގު ތަރައްޤީ ކުރަނީ، ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.
މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މީގެކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

25 އަހަރުގެ ލޯބީގެ ކާވެނި ތަފާތު ފޯރިގަދަކޮށް ގއ. ވިލިގިލީގައި!
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ތެދު މައުލޫމާތު ފެތުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި!
11 ގަޑިއިރު ކުރިން
ހުރުމުޒުގައި ބޭރުގެ ބާރުތަކަށް އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދޭނަން: އީރާން
11 ގަޑިއިރު ކުރިން

އުރީދޫ އިން "އޮޓޯ ޕޭ" ތައާރަފްކޮށްފި!
11 ގަޑިއިރު ކުރިން


.gif&w=3840&q=75)