logo
ގއ.ވިލިގިލީގައި މިއަދު ބޭއްވި ކައިވެނި ކުރެވުނު ދެ ލޯބިވެރިން ކައިވެނި ކޮށްގެން ބުރު ޖަހަނީ

ގއ.ވިލިގިލީގައި މިއަދު ބޭއްވި ކައިވެނި ކުރެވުނު ދެ ލޯބިވެރިން ކައިވެނި ކޮށްގެން ބުރު ޖަހަނީ

25 އަހަރުގެ ލޯބީގެ ކާވެނި ތަފާތު ފޯރިގަދަކޮށް ގއ. ވިލިގިލީގައި!

profile

ރިޟްވާން މޫސާ - 08 ޖުލައި 2026 - 15:27

ގއ. ވިލިގިލީގައި ވަރުގަދަ ރަސްމިއްޔާތަކާއެކު މިއަދު ތަފާތު ބޮޑު ގޮތަކަށް ކައިވެނީގެ ހަފްލާއެއް ބާއްވައިފި އެވެ.

https://wamco.com.mv/

"އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިގިލީގެ މި ކައިވެނީގެ ކަންކަން އިންތިޒާމު ކުރި ޓީމުން ބުނީ މި ކައިވެންޏަކީ ކާވެނި ކުރެވުނު ދެ ލޯބިވެރިންގެ 25 އަހަރު ދުވަހުގެ ލޯބި ގުޅުވާލަދޭ މުހިންމު ކަމެއް ކަމުން ތަފާތު ގޮތަކަށް މިކަންކަން އިންތިޒާމު ކުރުމަށް ނިންމީ ކަމަށެވެ.

undefined

ކާވެނި ކުރެވުނު އަހުމަދު މުހައްމަދު (ޗޯޓޭ) އާއި، ކާވެނި ކުރެވުނު އޭނާގެ ލޮބުވެތި އަނބިކަނބަލުން ރަޝްފާ ރާޝިދު (ރަޝް) ވިލިގިލީގެ މެޖިސްޓްރޭޓް ކޯޓުން ކާވެނީގެ ކަންކަން ނިމުމަށްފަހު ދެން ދިޔައީ އަސްލު ފޯރިގަދަ ހަރަ ބުރު ޖެހުމުގެ ހަރަކާތެކެވެ.

undefinedގއ.ވިލިގިލީގައި މިއަދު ބޭއްވި ކައިވެނި ކުރެވުނު ދެ ލޯބިވެރިން

މުޅި ވިލިގިލީ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކާއެކު ކުރިއަށްގެންދިޔަ މި ބުރުޖަހާލުމުގައި ދެ ކަނބަލުން ތިއްބެވީ ފުއްޕާ ހަމާއި، ކުލަ ކަރުދާސް ފަދަ ތަކެތިން ޖަރީކޮށްފައިވާ ޓްރެކްޓަރެއްގަ އެވެ.

ކާވެނި ކޮށްގެން މުޅި ރަށުގެ ވަށައިގެން ލޯބީގެ އަސަރުގަދަ ލަވަ ތަކާއެކު ފިނި ބުރެއް ޖެހުމަށްފަހު ބުރު ނިންމާލާފައި ވަނީ ދެ ކަނބަލުން ދިރިއުޅެން ހާއްސަ ކޮށްފައިވާ ގެއަށެވެ.

އާބާދީގައި ގާތްގަނޑަކަށް 5000 އެއްހައި މީހުން ދިރިއުޅެމުންދާ މި ރަށުގައި މިއީ މިހާތަނަށް އެރަށުގައި ކުރެވުނު އެންމެ ފޯރިގަދަ ކާވެނިކަން ވަނީ ފާހަގަކުރެވިފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk