logo

ލޯންޗު އެކްސިޑެންޓް: އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލައިފި

profile

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 08:50


ކަނޑުމަތީގައި ދެ އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

https://wamco.com.mv/

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭގެ 21:16 ހާއިރުއެވެ. އެކްސިޑެންޓްވި "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗު ވަނީ މާލޭގެ އިއްޒުއްދީން ފާލަމަށް ކައިރިކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ހަތަރު ބިދޭސީ ފިރިހެނުންނެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް އިތުރު ފަރުވާ ދިނުމަށް ވޯޑުގައި އެޑްމިޓްކޮށްފައިވާއިރު، ކުދި އަނިޔާ ލިބުނު ދެ މީހަކަށް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk