logo

އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 05 ޖުލައި 2026 - 11:54

އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

https://wamco.com.mv/

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެވެ.

މިރަސްމިއްޔާތުގައި އެކަމަނާ ވަނީ، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާޙު ކޮށްދެއްވާފައެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ގައުމީ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް އެކަމަނާ ބައްލަވާ ލެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk