logo

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 08:21

ދިވެހި މުދައްރިސުން ހޯދުމަށް ދަތިވާ މާއްދާތަކަށް ބިދޭސީ މުދައްރިސުން އައްޔަނުކުރެވޭނެ އުސޫލެއް ތައުލީމީ ވުޒާރާއިން އެކުލަވާލައިފިއެވެ.

https://wamco.com.mv/

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ގެ ނަމުގައި މި އުސޫލު އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. ތައުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި އުސޫލުގެ މައިގަނޑު މަގުސަދަކީ، ތައުލީމީ ދާއިރާއަށް ނެގޭ ބިދޭސީ މުވައްޒަފުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭނުންވާ މިންވަރަށް މުވައްޒަފުން ހޯދުމެވެ.

މި އުސޫލުގެ ދަށުން، ރެކްރޫޓްމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެއް މަސްދުވަހުގެ ތެރޭގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަންޖެހެއެވެ. މި ކޮމިޓީގެ މެންބަރުން އައްޔަނުކުރާނީ ތައުލީމީ ވުޒާރާއިންނެވެ.

ކޮމިޓީ އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ވަޒީފާއަށް މީހުން ހަމަޖެއްސުމުގައި ސީދާގޮތުން ހަރަކާތްތެރިވާ ޑިޕާޓްމަންޓެއްގެ ނުވަތަ ސެކްޝަނެއްގެ މުވައްޒަފަކު އެ ކޮމިޓީގައި ހިމެނިގެން ނުވާނެއެވެ. އަދި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް، ހިއްސާދާރެއް ނުވަތަ އިސް މަގާމެއްގައި ހުރި ފަރާތަކަށް ވެސް މި ކޮމިޓީގައި ނުހިމެނޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޓީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ މެންބަރުންނާއި، ތައުލީމީ ވުޒާރާ ނުވަތަ އެ ވުޒާރާގެ ދަށުން ހިނގާ އިދާރާތަކުގެ ރޭންކް 8 އިން މަތީގެ މަގާމުތަކުގައި ތިއްބެވި ތިން މުވައްޒަފުން ހިމެނެންވާނެ ކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

މި އުސޫލުގެ ދަށުން ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި، އެޖެންސީތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކުގެ އިތުރުން، އެޖެންސީތައް ހޮވާނެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިދޭސީ މުވައްޒަފުން ރާއްޖެ ގެންނަންވާނީ އެޖެންސީއެއް މެދުވެރިކޮށެވެ. ނަމަވެސް، އެފަދަ އެޖެންސީއެއް މެދުވެރިކޮށް މުވައްޒަފުން ގެނެވެން ނެތް ހާލަތްތަކުގައި، ކޮމެޓީގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް މުވައްޒަފުން ގެނައުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

މީގެ އިތުރުން، މިގޮތަށް ވަޒީފާއަށް ގެންނަ ބިދޭސީ މުވައްޒަފުންގެ އަތުން، ވަޒީފާ ހަމަޖައްސައިދިނުމުގެ އުޖޫރައެއްގެ ގޮތުން ނުވަތަ އެނޫންވެސް އެއްވެސް ކަމަކަށް އެއްވެސް ފީއެއް ނެގުމަކީ މަނާކަމެއް ކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk