
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ތާރުއެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި

އާމިނަތު ޝަޒްލާ - 21 ޖޫން 2026 - 06:37
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީން ފަށައިފިއެވެ.
އެ ގޮތުން، ހެންވޭރު ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގެ މަގު އެއްވަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް "ސަބް ގްރޭޑިންގ" ނުވަތަ މަގު އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިއީ މިހާރު ތަރައްޤީކުރާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތެވެ. އެ ކުންފުނީގެ އަމާޒަކީ މި ހަފުތާ ނިމުމުގެ ކުރިން އިއްޒުއްދީން ފާލަމާ ހަމައަށް މަގު އެއްވަރުކޮށް ނިންމާލުމެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މި މަހުގެ ފަހު ހަފުތާގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫޢުގެ ދަށުން މިދިޔަ ހަފުތާގައި މަގުގެ މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިންމާލާފައެވެ. ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކައި، ދެކޮޅަށް ދުއްވޭ ގޮތަށް މަގު ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، 580 އުޅަނދަށް ޕާކު ކުރެވޭނެ އިންތިޒާމުތަކާއެކު މި މަގު ތަރައްޤީކުރަނީ އެންމެ ޒަމާނީ ފެންވަރުގައެވެ.
މާލޭގެ މުހިއްމު ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް ހިމެނޭ މި ސަރަހައްދަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވާތީ، މި މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށް އެމްޓީސީސީން ދަނީ ނުހަނު ބޮޑު އިސްކަމެއް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)