logo

ރައްޔިތުން ހާލުޖައްސައި ދަރަނި ދެއްކުން ގަބޫލެއް ނުކުރެވޭނެ: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 06 ޖޫން 2026 - 07:20

މި ސަރުކާރުން ދަރަނި ދައްކާފައިވާތީވެ އެކަމަށް އިޝާރާތް ކުރައްވައި ދަރަނި ދައްކާފައިވަނީ ރައްޔިތުން ބިކަ ހާލުގައި ޖައްސައިގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު، ބޭއްވެވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދައުލަތުގެ ތަނަވަސްކަން އިތުރުކޮށްގެން ނަމަވެސް މި އުފެދިފައިވާ ބޮޑު ދަރަނި ދައްކާން އެބަޖެހޭ ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ބައެއް އަނބުރާ އަދާކުރަންޖެހޭ ދަރަނިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެލައްވަމުން ފޯރީގައި ވާހަކަފުޅު ދައްކަވައި ރައީސް ނަޝީދު އިޝާރާތް ކުރެއްވެވީ ދައުލަތުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އަށެވެ.

އެގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި އެއް ވައުދަކީ ޓެކްސް ތައާރަފްކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމުގެ މައްޗަށެވެ.

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ އެ ވައުދުފުޅާ ޚިލާފަށް ބައެއް ޓެކުހުން ނަގާ އަދަދު ވަނީ އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ ޓެކުހާއި ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އިންސައްތަ ވަނީ ބޮޑުކޮށްފައި ވާކަން ފާހަގަކުރެއްވެވި އެވެ.

ދަރަނި ދެއްކުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވިސްނާ ގޮތަކީ ޚަރަދު ކުޑަކޮށް، ދެން އެ ބާކީވާ ފައިސާކޮޅުން ދަރަނި އަދާކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އަހަރު ދައުލަތުން ފާސްކޮށްފައި ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk