
ދަމަނަވެށީގެ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލުކުރަނީ

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 10:49
ދަމަނަވެށީގެ އިމާރާތް މަރާމާތުކުރުމަށްޓަކައި، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތްތަކަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ދަމަނަވެށިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިގޮތުން، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށި ހިންގާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިމާރާތް މަރާމާތުކުރާ މުއްދަތުގައި ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށްޓަކައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން ބަދަލުކުރަން ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށާއި، ހުޅުމާލޭގައި ހުންނަ ޕަބްލިކް ހެލްތު ޔުނިޓް އަދި ޖީ.ޕީ ކްލިނިކަށެވެ.
ދަމަނަވެށިން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
ކުޑަކުދިންނަށް ވެކްސިން ދިނުމާއި، އެކުދިންގެ ހެދިބޮޑުވުން ބަލައި މޮނިޓަރކުރުން.
އާންމު ބަލިތަކަށް ފަރުވާ ދިނުމާއި ޑޮކްޓަރަށް ދެއްކުން.
މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް.
ބަލިތައް ދެނެގަތުމަށް ކުރެވޭ ސްކްރީނިންގތައް.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ސެޝަންތައް.
ގުޅުން ހުރި ޙަބަރުތައް

ހެޔޮ ވެރިކަން ގެނައުމަށް ތިނަދޫ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރި އެއްރަށް: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
7 ގަޑިއިރު ކުރިން

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ ބަހުސްގައި 10 މިނެޓް ދޭން ނިންމައިފި
9 ގަޑިއިރު ކުރިން
ރ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)