logo

މޭ މަހު ޒަކާތު ފަންޑަށް 7.6 މިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 10:16

މިއަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.

https://wamco.com.mv/

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ ބޮޑު އިތުރުވުމެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 7,587,956.14 (ހަތް މިލިއަން ފަސް ލައްކަ އައްޑިހަ ހަތް ހާސް ނުވަ ސަތޭކަ ފަންސާސް ހަ ރުފިޔާ ސާދަ ލާރި) ވަނީ ބަލައިގަނެފައެވެ. ނިމިދިޔަ އަހަރުގެ މޭ މަހު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 75.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، ޒަކާތް ދައްކާ މިންވަރު މިހާ ބޮޑަށް އިތުރުވެގެން ދިޔުމަކީ ޒަކާތުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިވަމުންދާ ކަމުގެ ފާހަގަކުރެވޭ ހެއްކެކެވެ. އަދި ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް އަދާކުރުމަށް އާންމު ރައްޔިތުން ދޭ ސަމާލުކަން އިތުރުވަމުންދާކަން މީގެއިން ހާމަވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުގެ އެކި މަޝްރޫއުތަކަށާއި އެހީތަކަށް ޖުމުލަ 2,685,834.30 (ދެ މިލިއަން ހަ ލައްކަ އައްޑިހަ ފަސް ހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ ތިރީސް ލާރި) ވަނީ ދޫކޮށްފައެވެ.

މި ހޭދަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަގީރުންނާއި މިސްކީނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ.

އެގޮތުން ޖުމުލަ 1.48 މިލިއަން ރުފިޔާ އެ ފަރާތްތަކަށް ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

ބޭސްފަރުވާގެ އެހީއަށް: 1,452,960.50 ރުފިޔާ (މިއީ މި މަހު ދޫކުރި ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި)
ޒަރޫރީ ބޭނުންތަކަށް: 31,000.00 ރުފިޔާ

ދީނީ އަދި ތައުލީމީ މަސައްކަތްތަކަށް ހޭދަކުރާ ފީސަބީލިﷲބައިން މޭ މަހު ވަނީ 1,037,236.42 ރުފިޔާ ހޭދަކޮށްފައެވެ.

މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް 7.5 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 2.4 ލައްކަ ރުފިޔާ އަދި މަތީ ތައުލީމަށް އެހީވުމަށް 37,000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ އިސްލާމީ އިލްމު ކުރިއެރުވުމާއި، ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk