logo
ޢަލީ ޙުސައިން

ޢަލީ ޙުސައިން

"ފްލެޓަށް ޑިމާންޑް އޮއްވާ ހިލޭ ގޯތިތައް ބަހާލުމަކީ ބޭއިންސާފެއް"

profile

އަހުމަދު ޒަލީފު - 06 ނޮވެމްބަރު 2023 - 06:55

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ފްލެޓަށް ޑިމާންޑް އޮއްވާ މި ސަރުކާރުން ހިލޭ ގޯތިތައް ބަހާލުމަކީ ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަލީ ހުސެއިން މިހެން ވިދާޅުވީ އިއްޔެ ވިއްކާލުމަށް ހުޅުވާލި ވިނަރެސް ފުލެޓްތައް ބައި ގަޑިއިރުތެރޭގައި ވިކި ހުސްވުމާއި ގުޅިގެން ޓުވިޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިއްޔެ އާބަންކޯއިން ވިނަރެސް ފްލެޓް ގަތުމަށް ހެނދުނު 10 ޖަހާއިރު ހުޅުވާލި އިރު ބައިގަޑިއިރު ނުވަނީސް ފްލެޓްތައް ވަނީ ވިކި ހުސްވެފައެވެ. މިކަމާ ހިތްހަމަނުޖެހި ގިނަ ބަޔަކު ވަނީ ޓުވިޓާގައި އެމީހުންގެ ޝަކުވާތައް ބަންޑުންކޮށްފައެވެ.

އަލީ ހުސެއިން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ފްލެޓަށް ވެސް އެހާ ބޮޑު ޑިމާންޑެއް އޮއްވާ ހިލޭ ގޯތިތައް ބަހާލުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

ވިނަރެސް ފްލެޓަށް އިއްޔެ ހުޅުވާލުމުން، ޕޯޓަލަށް ވަނުމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެ މައްސަލަ ހައްލު ކުރެވެންދެން އިތުރަށް އެޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު އާބަންކޯއިން ވަނީ މަޑުޖައްސާލާފައެވެ.

އާބަންކޯއިން ރޭ ނެރުނު ބަޔާނުގައި ވަނީ ދިމާވި ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށާއި މި ޝަކުވާތަކާއި ގުޅިގެން ފްލެޓްތައް ވިއްކުން މެދުކަނޑާލީ ކަމަށެވެ. ފްލެޓް ވިއްކުން މަޑުޖައްސާލީ އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319
ހުސޭނުބެ

މީއަލެ ކީކޭ ކިޔާމީހެއްތަ؟ މެންބަރުކަމުގެ އެންމެ ފަހު ދުވަސްކޮޅުވެސް ހަސަދަވެރިކަން އިސްނުކޮށް ހަމަ ޖެހޭ އއެންމެ ފަހަރަކުވެސް ކިޔޭތޯ ބަލާށެވެ.

ޒަވިޔަނި

މިހާރުގޯތިތަށްވެސް ވިއްކަންފަށާފި ކަމައްވަނީ ގޯތީގެވެރިން!!!!! ކުރިންދިންފުލެޓުތަށްވެސް އެތަންލިބުނުމީހުން ކުއްޔައްދީފަހުރީ ގިނަތަން ކީކުރާނި ގައުމުގެހާލު ބެލިޔަސް ނުބެލިޔަސް ވާނީވާވަރު!!!!!!!!!