
އިސްރާއީލް އެއަރލައިންގެ ބޯޓެެއް
އިސްރާއީލުގެ އެއަރލައިނަށް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދޭނަން - މިއުވާން

ޔޫޝައު ހަސަން - 09 މާރިޗު 2023 - 11:19
އިސްރާއީލްގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް އުދުހުންތައް ފަށަން ތައްޔާރުވަމުންދާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް ކަމަށާއި އެފަދަ ފުރުސަތެއް ދިވެހި ސަރުކާރުން ނުދޭނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި ބޭރުގެ މީޑިއާއެއް ކަމަށްވާ ރޮއިޓާސްއިން އިސްރާއީލްގެ ޤައުމީ އެއަރލައިން ކަމަށްވާ އެލް އާލްއާ ހަވާލާދީ ބުނެފައި އެ އެއަރލައިންގެ އޮޕަރޭޝަންތައް ފުޅާކުރަން ވިސްނާފައިވާ ކަމަށާއި އެގޮތުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިސްރާއީލުން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކުރެވިފައި ނުވާ ކަމަށެވެ.
އިސްރާއީލްގެ އެއަރލައިނެއް ކަމަށްވާ އެލް އާލްއާ އިންވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އުދުހުންތަކެއް ފެށުމަށް މަސައްކަތް ކޮށްފައެވެ.
ނަމަވެސް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުން އެކަމަށް ހުރަސް އެޅުމުން އެކަން ވަނީ ހުއްޓާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން