logo
 ޔުނިސެފުގެ މަންދޫބު މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވުން

ޔުނިސެފުގެ މަންދޫބު މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވުން

ޔުނިސެފުގެ މަންދޫބު މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 09 ނޮވެމްބަރު 2026 - 13:42

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، އެޑްވާޑް އެޑައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވައިރަމަންޓް އެން ޑް އެނަރޖީ އަލީ ޝަރީފުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަލީ ޝަރީފު ވަނީ، އެޑްވާޑް އެޑައިގެ ދައުރުގައި ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ އެއްބާރުލުމަށާއި، ބެހެއްޓެވި ގާތް ގުޅުމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި، ހާއްސަކޮށް ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް ރައްކާތެރިކުރުމަށް ޔުނިސެފުން ވެދެއްވާފައިވާ އަގުހުރި ހިދުމަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓްރީއާއި ޔުނިސެފާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، އެޑްވާޑް އެޑައިގެ ކުރިމަގުގެ މަސައްކަތްޕުޅުތަކަށް ކާމިޔާބީއަށް އެދިވަޑައިގެން މިނިސްޓަރ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319