logo
އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ފޮޓޯ: ސޯޝަލް މީޑިއާ

އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ފޮޓޯ: ސޯޝަލް މީޑިއާ

ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރުގެ އިސްތިއުނާފްގެ މައްސަލަ ބެލުމަށް ހައި ކޯޓުން ނިންމައިފި

profile

އާމިނަތު ޝަޒްލާ - 09 ނޮވެމްބަރު 2026 - 13:13

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލަ ބަލައިގަނެ، އެ މައްސަލަ ބެލުމަށް ހައި ކޯޓުން ނިންމައިފިއެވެ.

https://wamco.com.mv/

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ޝާހިދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މި އިސްތިއުނާފް މައްސަލަ މިހާރު ވަނީ އެ ކޯޓުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ.

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި ހުންނަ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި ހުންނަވަނިކޮށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ. ހައި ކޯޓުގައި ޝާހިދުގެ ފަރާތްޕުޅުން ގޮންޖައްސަވާފައިވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ބަންދުގެ އަމުރަކާ ގުޅިގެން ހުށަހަޅާ މިފަދަ އިސްތިއުނާފީ މައްސަލަތަކުގައި، މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް، 14 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ނިންމަންވާނެއެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ސިޔާސީ އަދި ޚާރިޖީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2021 އިން 2022 އަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ބެލެހެއްޓެވި ޝާހިދަކީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ހަމައެކަނި ދިވެހި ޝަހުސިއްޔަތެވެ.

https://wamco.com.mv/
tel:+9607331319