
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ / ފޮޓޯ: މަޖިލިސް
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް މިއަދު ނުލިބޭ: މެމްބަރު އަބްދުލް ގަފޫރު

މުޙައްމަދު ފަޟްލޫން - 09 ނޮވެމްބަރު 2026 - 13:06
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް މިއަދު ނުލިބޭ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މެމްބަރު ވިދާޅުވީ ސިއްހީ ދާއިރާގައި ރައްކާތެރިކަން މިއަދު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
މިއަދު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ބޭސްލިބުން ދަތިވެފައިވާކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ ރަށަކުން ރައްޔިތަކު އިންޑިއާއަށް ފުރާނަމަ ފުރަނީ އެތަކެއް ބޭސްސިޓީއެއް ހިފައިގެން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓްގައި 10 ބިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ހޭދަކުރަން ހިމަނާފައިވާ ކަމަަށް މެމްބަރު ވިދާޅުވިއެވެ. ނަަމަވެސް އެކަމުން ރައްޔިތުންގެ ޝަކުވާ އެކަމުން ނުނިމޭކަން ފާހަގަކުރައްވައި މެމްބަރު ވަނީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިއަދު ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގަން ޑޮލަރު ހުރި ނަމަވެސް ރައްޔިތުންގެ މުދާ ގަންނަން ޑޮލަރު ނުލިބޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި ސަރުކާރުން ކުރިން ނެގި ދަރަނި ދެއްކި ވާހަކަ ދައްކާއިރު މިދެއަހަރު ނިމުނު އިރު 30 ބިލިއަން ރުފިޔާގެ ދަރަނި މިސަރުކާރުން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
123 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ދަރަނި މިއަދު ހުރީ 154 ބިލިއަނަށް އަރާފައި ކަމަށް މެމްބަރު ވިދާޅުވިއެވެ. އެ އަދަދަކީ ކަރުދާހުގައި އޮޅިގެން ޖެހިފައި އޮތް އަދަދެއް ނޫންކަމަށާއި 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ފެންނަން އޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިސަރުކާރުން ދަރަނި ދެއްކީ ދަރަނި ނަގައިގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި 154 ބިލިއަން ރުފިޔާގައި ހުރީ ދަރަނި ދައްކަން ދަރަނި ނަގާފައި އޮތުމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނަށް ކޮށްދިނުމަށް މެމްބަރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ގާނޫނު ބުނާގޮތުން 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިންމަން ބުނެފައިވި ނަމަވެސް ފެނިގެންދަނީ އެގާނޫނު ބަދަލުކޮށްގެން އެހެން އަހަރަކަށް އެކަން ކުރަން މަސައްކަތްކުރާ މަންޒަރު ކަމަށް މެމްބަރު ގަފޫރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުނިސެފުގެ މަންދޫބު މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
2 ގަޑިއިރު ކުރިން

ސީ-ޓު-އެއާ ކާގޯ: މިދިޔަ މަހު 88 ޓަނުގެ މުދާ ބޭރުކޮށްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރުގެ އިސްތިއުނާފްގެ މައްސަލަ ބެލުމަށް ހައި ކޯޓުން ނިންމައިފި
3 ގަޑިއިރު ކުރިން

މިއަހަރު ނިމޭއިރު ލޯން ރިޕޯމެންޓަށް 16.2 ބިލިއަން ދައްކަންޖެހޭނެ: ޒަރީރު
3 ގަޑިއިރު ކުރިން


