logo
ސީ-ޓު-އެއާ ކާގޯގެ ހިދުމަތް، ފޮޓޯ: ސޯޝަލް މީޑިއާ

ސީ-ޓު-އެއާ ކާގޯގެ ހިދުމަތް، ފޮޓޯ: ސޯޝަލް މީޑިއާ

ސީ-ޓު-އެއާ ކާގޯ: މިދިޔަ މަހު 88 ޓަނުގެ މުދާ ބޭރުކޮށްފި

profile

އާމިނަތު ޝަޒްލާ - 09 ނޮވެމްބަރު 2026 - 13:41

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ދެމުން އަންނަ "ސީ-ޓު-އެއާ" ކާގޯ ޚިދުމަތުގެ ދަށުން މިދިޔަ މަހު 88 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހު ފޮނުވި މި އަދަދަކީ އޭގެ ކުރީ މަހު މި ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި 293 ޓަނުގެ މުދަލާއި އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ ސެޕްޓެންބަރު މަހާ އަޅާބަލާއިރު ވެސް ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ މަހު ބޭރުކުރި 88 ޓަނުގެ މުދަލަކީ ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ 17 ޓީއީޔޫސްގެ މުދަލެވެ.

View post on Twitter

ދިޔަ މަހު ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ފަސް ޤައުމަކަށް މި މުދާތައް ބޭރުކޮށްފައިވަނީ ޤަޠަރު އެއާވޭސް، ސްވިސް އެއާވޭސް އަދި ޓާކިޝް އެއާލައިން ހިމެނޭހެން ޖުމްލަ ތިން އެއާލައިނެއް މެދުވެރިކޮށެވެ.

ސީ-ޓު-އެއާ ކާގޯ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓު ކުރުމަށްފަހު އަވަސް ޚިދުމަތެއްގެ ގޮތުގައި ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި، އެމްޕީއެލް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތާ މިހާތަނަށް 17 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއާލައިނުން ވަނީ ގުޅިފައެވެ.

މިއީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ، އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދައިދޭ ވިޔަފާރިއެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ މުހިންމު މަންޒިލަކަށް ވާތީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް، ދުނިޔޭގެ ލޮޖިސްޓިކްސް ވިއުގައިގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް، މިގޮތުން ރާއްޖޭގެ ޖިއޮގްރަފީީ މަޤާމުގެ ފައިދާ ނަގައި، ސީ-ޓު-އެއާ ޚިދުމަތް ކުރިއެރުވުމަށް ބޮޑެތި ފުރުޞަތުތަކެއް އެބައޮތް ކަމަށް ސަރުކާރުން ދެކެއެވެ.

https://wamco.com.mv/
tel:+9607331319