
ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަހަރު ނިމޭއިރު ލޯން ރިޕޯމެންޓަށް 16.2 ބިލިއަން ދައްކަންޖެހޭނެ: ޒަރީރު

މުޙައްމަދު ފަޟްލޫން - 09 ނޮވެމްބަރު 2026 - 13:11
މިއަހަރު ނިމޭއިރު ދައުލަތުގެ ލޯނު އަނބުރާ ދެއްކުމަށް ޖުމްލަ 16.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގެ މަރުޙަލާގައި ވަޒީރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދަރަނި އަދާކުރުމަށްޓަކައި 1.453 ބިލިއަން އެ
މި އަހަރުގެ މިހާތަނަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން 10.4 ބިލިއަން ލޯނުތަކަށް ދައްކާފައިވާއިރު، އަހަރު ނިމޭއިރު މި ޢަދަދު 16.2 ބިލިއަން އަރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިވަގުތު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ޙާލަތު އޮތީ އިންތިހާއަށް ނާޒުކު ފައްތަރެއްގައެވެ.
ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު މި ދުވަސްވަރާ ދިމާވުމުން، ދައުލަތުގެ ރިޒާވަށް ބާރުބޮޑުވެ، ބޭރު ފައިސާ ލިބުމުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް އިތުރުވަމުން ދިޔުމަކީވެސް ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމުގެ ބުރަ ކިތަންމެ ބޮޑުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅައިގެން ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުނިސެފުގެ މަންދޫބު މިނިސްޓަރ އަލީ ޝަރީފްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
2 ގަޑިއިރު ކުރިން

ސީ-ޓު-އެއާ ކާގޯ: މިދިޔަ މަހު 88 ޓަނުގެ މުދާ ބޭރުކޮށްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޝާހިދު 30 ދުވަހަށް ބަންދުކުރި އަމުރުގެ އިސްތިއުނާފްގެ މައްސަލަ ބެލުމަށް ހައި ކޯޓުން ނިންމައިފި
3 ގަޑިއިރު ކުރިން

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް މިއަދު ނުލިބޭ: މެމްބަރު އަބްދުލް ގަފޫރު
3 ގަޑިއިރު ކުރިން


