logo
ބަޖެޓް ދިރާސާ ކުރާ ކޮމީޓީގެ ބައްދަލުވުން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަޖެޓް ދިރާސާ ކުރާ ކޮމީޓީގެ ބައްދަލުވުން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރުގެ ބަޖެޓް، ހުށަހެޅި ގޮތަށް ކޮމިޓީން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 19 ނޮވެމްބަރު 2026 - 12:19

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

ބަޖެޓް ފާސްކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވަމުން ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 43.2 ބިލިއަން ރުފިޔާއަކީ ހާސިލުކުރެވޭނެ އަދަދެއް ކަމަށް ގަބޫލުކުރެއްވޭތީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި ގޮތަށް ބަޖެޓް ފާސްކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިއުލާންކުރެއްވިއެވެ.

ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އެއްވެސް މެންބަރެއްގެ ނަން ހާމަނުކުރައްވައި، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޓީގެ ބައްދަލުވުން ވަނީ ނިންމަވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319