
އީރާނުން އިސްރާއީލަށް މިއަދު ފޮނުވާލި ނުރައްކާތެރި ހަމަލާ
އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު މުޅި އިސްރާއީލު އެލާޓައް!

ރިޟްވާން މޫސާ - 28 ފެބްރުއަރީ 2026 - 10:33
އީރާނުން މީގެ ކުޑަ ވަގުތުކޮޅެއް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ވަރުގަދަ ހަމަލާތަކާއި ގުޅިގެން މުޅި އިސްރާއީލް އެލާޓަށް ގެނެސްފި އެވެ.
އިސްރާއީލުގެ މީޑިޔުާ ތަކާއި، ބައިނަލް އަގުވާމީ ރިޕޯޓުތަކުގައި ވަނީ އީރާނުގެ ވަރުގަދަ މިސައިލް ހަމަލާ ތަކަކާއެކު އިސްރާއީލުގެ އުތުރު ސަރަހައްދުތަކުގައި ހަމަލާއެއް އަންނާނެ ކަމުގެ ސައިރަން އަޑު ފެތުރިފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުގައި ތިބި އިސްރާއީލުގެ މީހުން "ސޭފް ރޫމް"ތަކަށް ދިއުމަށް އަންގައިފައިވާ ކަމަށްވެސް މީޑިޔާ ރިޕޯޓުތަކުގައި ފާހަގަކޮށްފައި ވެއެވެ.
އީރާނުން ފޮނުވަމުންދާ މިސައިލް ހަމަލާތައް ހުއްޓުވުމަށް އިސްރާއީލްގެ އަސްކަރީ ބާރުތަކުން ދަނީ އެއާ ޑިފެންސް ސިސްޓަމްތަކުން މަސައްކަތް ކުރަމުންނެވެ.
އީރާނުން އިސްރާއީލަށް އަމާޒުކޮށްގެން ހަމަލާތަކެއް ދީފައިވަނީ އިސްރާއީލް އާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފަށާފައިވަނިކޮށެވެ.
އިރާންގެ ވެރިރަށް ތެހެރާންގެ އިތުރުން އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތައް ގޮވައި އަޑުތައް ވަނީ އިވިފައެވެ.
އީރާން އަށް އިސްރާއީލުން ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމަތުން ހުންނެވި ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.
އިރާން އަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މީގެ އިތުރުން އިސްރާއީލުން ދިން ހަމަލާގެ ސަބަބުން އީރާންގެ ވެރިރަށް ތެހެރާންގެ ބައެއް ސަރަހައްދުތަކުން މުއާސަލާތީ ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ.
ގުޅުން ހުރި ޙަބަރުތައް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދަން އަންގައިފި
3 ގަޑިއިރު ކުރިން

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި
3 ގަޑިއިރު ކުރިން

އީރާން-އެމެރިކާ ހަނގުރާމަ: އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު ފުނޑާލައިފި
4 ގަޑިއިރު ކުރިން

މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)