
މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް

ރިޟްވާން މޫސާ - 28 ފެބްރުއަރީ 2026 - 19:37
މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޒީރުންގެ ކޮމިޓީއެއް އުފައްދަވައިފި އެވެ.
މެދުއިރުމަތީގައި އެމެރިކާ އަދި ޔަހޫދީ އިސްރާއީލް ގުޅިގެން ދަނީ އީރާނަށް ހަމަލާ ދިނުމަށް ވަރުގަދަ ހަނގުރާމައެއް ފަށާފަ އެވެ. އީރާނަށް ދޭ ހަމަލާތަކުން މިހާތަނަށް އެގައުމުން އެއްވެސް ވަރަކަށް ދޫދިނުމުގެ ވިސްނުމެއް ނެތްކަން މީޑިޔާ ރިޕޯޓްތަކުން ހާމަވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިއަދު އެކުލަވާލި ކޮމެޓީއާއި ބެހޭގޮތުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ކޮމިޓީއަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިޞާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އަތުވެދާނެ ނޭދެވޭ އަސަރުތައް ދެނެގަންނަ ކޮމިޓީއެއް ކަމަށެވެ.
ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:
- ޑިފެންސް މިނިސްޓަރުު މުޙައްމަދު ޣައްސާން މައުމޫން
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު
- ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން
- ހޯމް މިނިސްޓަރު ޢަލީ އިޙްސާން
- ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މެދުއިރުމަތީގެ މަސްލަހަތަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް އެނގެންޖެހޭ އެންމެހާ މައުލޫމާތުތަކާއި، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ކަމާގުޅޭ ވުޒާރާތަކުން މެދުނުކެނޑި ހިއްސާކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދަން އަންގައިފި
3 ގަޑިއިރު ކުރިން

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި
3 ގަޑިއިރު ކުރިން

އީރާން-އެމެރިކާ ހަނގުރާމަ: އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު ފުނޑާލައިފި
4 ގަޑިއިރު ކުރިން

މެދުއިރުމަތީގައި އުޅޭ ދިވެހީންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)