logo

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި

profile

ރިޟްވާން މޫސާ - 28 ފެބްރުއަރީ 2026 - 20:13

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ

https://wamco.com.mv/

އީރާނުންދޭ މި ހަމަލާ ތަކަކީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު ހަނގުރާމަ އާއި ގުޅީގެން އީރާނުން ދެމުން އަންނަ އެންމެ ވަރުގަދަ ރައްދު ދިނުމުގެ އިންޒާރެވެ.

މެދުއިރުމަތީގެ މި މައްސަލަ އަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި ގުޅޭ މަޝްވަރާތައް ކުރުމަށާއި، ނިއުކްލިއަރ ހަތިޔާރު އީރާނުން ގެންގުޅުން ހުއްޓުވުމަށް އެމެރިކާ އިސްވެ ދީފައިވާ އިންޒާރާއި، ގުޅިގެން މަޝްވަރާގެ މޭޒުން މިކަމަށް ސުލްހަ ނުލިބުމުން އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާ ފަހަތުގައި އޮވެ ޔަހޫދީ އިސްރާއީލާއި ގުޅިގެން އީރާނަށް ދެން ފެށި ހަމަލާތަކުގެ ރައްދު ހަމަލާތަކަކެވެ.

އީރާނުން މިއަދުވަނީ ބަދަލުގައި މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ހަތް ބޭސްއަކަށް ރައްދު ހަމަލާތައް ދީފައެވެ.

މެދުއިރުމަތީގައި ހިންގަމުން އަންނަ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން އީރާނުން ގަތަރަށް މިހާތަނަށް 44 މިސައިލް ހަމަލާއާއި 8 ޑްރޯން ހަމަލާދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގަތަރުގެ އިތުރުން ވެސް އީރާނުން ވަނީ ކުވެއިތު، އަބޫދާބީ ދޯހާ ފަދަ ގައުމުތަކަށް ވެސް ހަމަލާދީފައެވެ. އެ ހަމަލާތަކަކީ ވެސް އެގައުމުގައި އެމެރިކާ ސިފައިން ގާއިމުވެގެން ތިބޭ ތަންތަނަށް އަމާޒުކޮށްދީފައިވާ ހަމަލާތަކެކެވެ.

މެދުއިރުމަތީގައި މިއަދު ފެށިގެންދިޔަ މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޒީރުންގެ ކޮމިޓީއެއް ވެސް އުފައްދާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk