ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދަން އަންގައިފި

ރިޟްވާން މޫސާ - 28 ފެބްރުއަރީ 2026 - 20:13
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދަން އެމެރިކާއިން އަންގައިފި އެވެ
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން ވަނީ އީރާނުގެ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމެރިކާ ރައްޔިތުން ސަލާމަތްތެރިކަން ހޯދުމަށް އެދިފަ އެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާއި ގުޅިގެން އީރާނުން ދަނީ އެމެރިކާގެ އަސްކަރީބޭސް ގާއިމުކޮށްފައިވާ އެކި ތަންތަނަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.
އީރާނުން ވަނީ އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ރާޑަރު ވެސް ފުނޑުފުނޑު ކޮށްލާފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިޔާ މެދުވެރިކޮށް އެގައުމުން ހާމަކޮށްފައިވަނީ މި ރާޑަރު ފުނޑާލީ ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯނެއްކަމަށްވާ ޝާހިދު މަރުކާގެ ޑްރޯނެއް ބޭނުންކޮށްގެން ކަމަށެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުގައި އީރާނުން އިސްރާއީލަށް ހަމަލާތައް އަމާޒުކުރަން ފެށްޓި ފުރަތަމަ ހަމަލާގައިވެސް މުޅި އިސްރާއީލް ވަނީ ހަމަލާއެއް އަތުވެދާނެ ކަމުގެ އެލާޓަށް ގެނުވާފަ އެވެ.
އީރާނަށް ޔަހޫދީން ނާއި އެމެރިކާ ގުޅިގެން ދިން ހަމަލާތަކުގެ ބަދަލުގައި އީރާނުން މިއަދުވަނީ ބަދަލުގައި މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ހަތް ބޭސްއަކަށް ރައްދު ހަމަލާތައް ދީފައެވެ.
މީގެތެރޭގައި ސައޫދީ، ޔޫއޭއީ، ގަތަރު، ބަހްރައިން ކުވައިތު އަދި އުރުދުންގައި ހުންނަ އެމެރިކަގެ އަސްކަރީ ބޭސްތައް ހިމެނެއެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން މިގައުމުތަކުގައި މިއަދު ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ހުރިހައި ތަނަކަށް އީރާނުން ބޮން އަޅަން ފަށައިފި
3 ގަޑިއިރު ކުރިން

އީރާން-އެމެރިކާ ހަނގުރާމަ: އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު ފުނޑާލައިފި
4 ގަޑިއިރު ކުރިން

މެދުއިރުމަތީގެ މައްސަލައިގައި ރާއްޖެއަށް ދިމާވާނެ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް
4 ގަޑިއިރު ކުރިން

މެދުއިރުމަތީގައި އުޅޭ ދިވެހީންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)